ވަޒީފާގެ ފުރުޞަތު
ނަންބަރު: A/IUL/344/2018/11
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 27 މާރިޗު 2018 13:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަމުންދާ އއ.ފެރިދޫގެ 2 މިސްކިތަށް ޕޫލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުން ވެއްޖެ

                                                 ނަންބަރު:A/IUL/344/2018/11

 

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލަހައްޓަމުންދާ އއ.ފެރިދޫގެ 2 މިސްކިތަށް ޕޫލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މުވައްޒަފުން ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް

މަސައްކަތު

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމްގެ ގިންތި

ވަގުތީ (1 އަހަރު)

ބޭނުންވާ ޢަދަދު

03

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

 

 

 

މަޤާމުގެ މައިގަނޑު މަޞްއޫލިއްޔަތު

  1. މިސްކިތުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. މިސްކިތް ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރިތައް ދޮވެ ސާފުކުރުމަށްޓަކައި ނަމާދު ވަގުތުގެ 15 މިނިޓްކުރިން މިސްކިތަށް ޙާޟިރުވެ އެފަދަ ކަންތައްތައް ކުރުން.
  3. މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީ ފަޅި ގަސްނޮޅާ ކުނިކަހާ ބެލެހެއްޓުން
  4. މިސްކިތު ވަޅުދިޔަހިއްކުން
  5. ބޯފެން ތާނގީތައް، މިސްކިތު ފުރާޅު އަދި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން
  6. މިސްކިތު ގޯތިތެރޭގައި ހުންނަ ރުއްގަސް ބެލެހެއްޓުން

 

ޝަރުތު

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

ކޮންމެ ގަޑިއިރަކަށް

40 ރުފިޔާ

             

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

27 މާރޗް 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

v     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

v     (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

v     (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ، (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްއަށް އަހުލުވެރިވެފައިވާ މިންވަރު

އިންޓަވިއު ކުރުން

މިމަޤާމްތަކަށް ކުރިމަތިލާފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ 01 އޭޕްރީލް 2018 އާއި 05   އޭޕްރީލް 2018 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

25% (ފަންސަވީސް އިންސައްތަ)

މަސައްކަތަށް ނެރުން:

މި މަޤާމްތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނެތް ހާލަތްތަކުގައި މި މަޤާމްތަކަށް ހޮވޭ ފަރާތްތަކަށް ލިބޭ ޕޮއިންޓް ތަރުތީބުން މަސައްކަތަށް ނިކުތުމަށް އެންގޭނެއެވެ.

ނޯޓު

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660545 އަށް ގުޅުއްވުން އެދެމެވެ.

 

                                27 ޖުމާދަލްއާޚިރު 1439

15 މާރިޗު 2018