ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އާރް.ޑީ.ސީ، ކުންފުނި ރެޖިސްޓްރީ ނަންބަރު: C-0514/2010) އުވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެހެންކަމުން މި ކުންފުނީގެ ފަރާތުން ފައިސާ ލިބެންޖެހޭ އެއްވެސް ފަރާތެއް ނުވަތަ ކުންފުންޏެއް ވާނަމަ 18 މާރިޗު 2018 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ ތެރޭގައި މި ކުންފުންޏަށް އިންވޮއިސް/ބިލް ޑޮކިއުމަންޓާއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި 26 މާރިޗު 2018 ގެ 15:00 ގެ ފަހުން ހުށަހަޅުއްވާ އެއްވެސް ބިލެއް މި ކުންފުނިން ބަލައި ނުގަންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކުންފުނީގެ 3320657 ނުވަތަ 3000055 އަށް ގުޅުއްވުން އެދެމެވެ.
27 ޖުމާދަލްއާޚިރާ 1439
15 މާރިޗު 2018