ދިވެހިރާއްޖެ
މަޤާމް: |
އޮޑިޓް އެގްޒެކެޓިވް |
މަޤާމުގެ ނަންބަރު: |
J-290968 |
ބޭނުންވާ އަދަދު |
1 |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
(އީ.އެކްސް.1) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޑިރެކްޓަރ |
ސެކްޝަން: |
އިންޓަރނަލް އޮޑިޓް |
މަޤާމު އޮތް އޮފީސް |
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ
|
މުސާރަ |
މަހަކު 8،835 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000/- ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. - ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
- ދައުލަތުގެ އިންޓާނަލް އޮޑިޓަރުންނަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފަރުމާކުރުމާއި ތަމްރީނުދިނުން. - ދައުލަތުގެ މުޢައްސަސާތަކާއި ލާމަރުކަޒީ އިދާރާތަކުގެ އިންޓަރނަލް އޮޑިޓަރުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތުތައް ދިނުމާއި، އެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓަރުންނަށް ބޭނުންވާ ފަންނީ ތަމްރީނުދިނުން. - އިންޓާރނަލް އޮޑިޓާއި ގުޅޭގޮތުން ރާއްޖޭން ބޭރުގެ ފަރާތްތަކާއި އެކު ކުރަންޖެހޭ މުޢާމަލާތްތަކުގައި ބައިވެރިވުން. - އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ އެކި އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން. - ދައުލަތުގެ އޮފީސްތަކުގައި ޤާއިމްކުރެވިފައިވާ އިންޓާރނަލް އޮޑިޓް ސެކްޝަންތަކުގެ މަސައްކަތްތައް ހިނގަނީ އައި.އައި.އޭ ސްޓޭންޑަރޑްސް އާއި ދައުލަތުގެ އިންޓާރނަލް އޮޑިޓްކުރުމާއި ގުޅޭ މިންގަނޑުތަކާއި އެއްގޮތައްތޯ އަހަރުން އަހަރަށް ބެލުން. - ދައުލަތުގެ އިންޓާރނަލް އޮޑިޓަރުންނަށް ބޭނުންވާ އިންޓާރނަލް އޮޑިޓްކުރުމުގެ ހުއްދަދޫކުރުން. - އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތުގެ ޓައިމްޝީޓްތައް ލިބިގަތުމާއި ބެލެހެއްޓުން އަދި އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތަކުގެ ޔައުމިޔާ ކުރުން. - ދައުލަތުގެ އޮފީސްތަކުގެ އިންޓާރނަލް އޮޑިޓަރުންނާއި ބެހޭ މަޢުލޫމާތު ލިބިގަނެ އިންޓާރނަލް އޮޑިޓަރުންނާއި ބެހޭ މަޢުލޫމާތު ލިބިގަނެ އިންޓާރނަލް އޮޑިޓަރުންގެ ދަފްތަރެއް އެކުލަވާލާ ބެލެހެއްޓުން. - ދައުލަތުގެ އިދާރާތަކުގެ ބަޖެޓްގެ ޚަރަދުތަކާއި، އެއިދާރާތައް މެދުވެރިކޮށް ލިބޭ އާމްދަނީގެ ކަންކަން މޮނިޓަރކުރުން. - ދަޢުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ދައުލަތުގެ އެސެޓްސް އަދި ދައުލަތުގެ ލަޔަބިލިޓީޒް އާއި ގުޅޭ ޙަރަކާތްތައް ބެލުމާއި އޮޑިޓަރުންނަށް ބޭނުންވާ މަޢުލޫމާތުތައް ދިނުން. - ދައުލަތުގެ ހިސާބު ބެލެހެއްޓުމުގެ ކޮމްޕިއުޓަރ ނިޒާމް މެދުވެރިކޮށް ހިނގާ މާލީ ޙަރަކާތްތައް (އައި.ޓީ އޮޑިޓްގެ އުކުޅުތައް ބޭނުންކޮށްގެން) ބެލުމާއި، އޮޑިޓަރުންނަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން. - ދައުލަތުގެ އިދާރާތަކުން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާ މާލީ ކަންކަމާއި ގުޅޭ ހިސާބުތަކާއި ރިޕޯޓްތައް ލިބިގަނެ އޮޑިޓްކުރުމަށް މަޢުލޫމާތު ނެގޭނެ ޢުޞޫލަކުން އަރުޝީފުކުރުން. - ދައުލަތުގެ މާލީ ނިޒާމާއި، މާލީ ކަންކަމާއި ގުޅޭގޮތުން އިންޓަރނަލް އޮޑިޓްގެ ފަންނަށް ބޭނުންވާ ދިރާސާތައް ކުރުން. - އިންޓާރނަލް އޮޑިޓާއި ގުޅޭގޮތުން ބޭނުންވާ މަޢުލޫމާތުތައް ހޯދާ އިންޓާރނަލް އޮޑިޓް ލައިބްރަރީގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ޤާނޫނީ މައްސޫލިއްޔަތެއްގެ ގޮތުން ދައުލަތުގެ މާލިއްޔާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި ލިޔުންތައް ޤާނޫނީ މުއްދަތުގެ ތެރޭގައި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ތައްޔާރުކޮށް ހުށަހެޅޭތޯ ބަލާ ރިޕޯޓްކުރުން. - ދައުލަތުގެ މިނިވަން މުޢައްސަސާތަކުގައި ދައުލަތުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑަކުން އޮޑިޓްކުރުން. - ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގައި ދައުލަތުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑުތަކުން އޮޑިޓްކުރުން. - ދައުލަތުގެ އޮފީސްތަކުގައި ޤާއިމްކުރެވިފައިވާ އިންޓަނަލް އޮޑިޓް ސެކްޝަންތަކާއި ގުޅިގެން އެއޮފީސްތަކުގެ ކޮމްޕްލަޔަންސް އޮޑިޓްކުރުން، - ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ ޕޯސްޓް އޮޑިޓަރުން މެދުވެރިކޮށް އެއޮފީސްތަކުގައި ހިންގަންޖެހޭ އޮޑިޓްތަކާއި އެއޮފީސްތަކުން ބޭނުންވާ މަޢުލޫމާތުތައް ހޯދުން. - ލާމަރުކަޒީ އިދާރާތަކުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑަކުން އޮޑިޓްކުރުން. - ލާމަރުކަޒީ އިދާރާތަކުގައި ޤާއިމްކުރެވިފައިވާ އިންޓަރނަލް އޮޑިޓް ސެކްޝަންތައް މެދުވެރިކޮށް އެއިދާރީ ދާއިރާއެއްގައި ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި، އެއިދާރީދާއިރާއަކުން ހޯދަންޖެހޭ މާލީ މަޢުލޫމާތުތައް ހޯދުން. - ލާމަރުކަޒީ އިދާރާތަކުގެ މާލީ ހިސާބުތަކާއި، ފައިނޭންޝަލް ޕްލޭލޭންތައް ރިސްކް ބޭސްޑް މިންގަނޑުތަކުން އޮޑިޓްކުރުން. - ދައުލަތުގެ މާލީ ހިސާބު އެކުލަވާލުމުގެ މާލީ އަދި އިދާރީ ޙަރަކާތްތައް، އިންޓަރނަލް ކޮންޓްރޯލް އިވޭލުއޭޓްކުރުމުގެ އުޞޫލުން އޮޑިޓްކުރުން. - ދައުލަތުގެ ލަފާކުރާ ބަޖެޓްގެ ހިސާބުތަކާއި، ހިނގަމުންދާ އަހަރުގެ ބަޖެޓް ކޮންޓްރޯލްކުރުމުގެ ޙަރަކާތްތައް އަހަރުން އަހަރަށް އޮޑިޓްކުރުން. - ދައުލަތުގެ މުއައްސަސާތަކުގައި މާލީ ކަންކަން ބެލެހެއްޓުމުގެ ޤާބިލްކަން "ބޭސްލައިން އެސެސްމަންޓް" އުޞޫލުން އަހަރުން އަހަރަށް ވަޒަންކުރުން. - ދައުލަތުގެ ބޭންކް އެކައުންޓްގެ ބާކީ ދެނެގަތުމާއި، ދައުލަތުގެ ފަންޑްތަކުގެ ހިސާބު އަހަރުން އަހަރަށް އޮޑިޓްކުރުން. - ދައުލަތުގެ ދަރަނީގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުސޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން. - ދައުލަތަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުސޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން. - ދައުލަތުގެ ހަރުމުދަލުގެ ހިސާބު ބަލަހައްޓާ އިދާރީ އުޞޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން. - ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް އިންޓާރނަލް ކޮންޓްރޯލްގެ ޤާބިލިއްޔަތު ވަޒަންކުރުމުގެ އުޞޫލުން އަހަރުން އަހަރަށް އޮޑިޓްކުރުން. - ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮޖެކްޓަކާއި، ޕްރޮގްރާމްތައް އަދި އެހެނިހެން ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އިންޓަރނަލް އޮޑިޓްގެ އަހަރީ މަސައްކަތު ޕްލޭންގައި ހިމެނޭ ކަންކަން އޮޑިޓްކުރުން. - ދައުލަތުގެ އޮޑިޓަރޖެނެރަލްގެ ރިޕޯޓްތައް މުޠާލިއާކުރުމަށްފަހު އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް އިތުރަށް ދިރާސާކުރުމާއި އެރިޕޯޓްގައި އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ކަންކަން އިސްލާޙްވަމުންދާ ގޮތް ބެލުން. - ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދި އެންޓިކޮރަޕްޝަން ކޮމިޝަންއިން އަދި އެހެންވެސް ތަޙްޤީޤީ އިދާރާއަކުން ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ އިސްލާޚީ ފިޔަވަޅުތައް އެޅުމަށް އެދޭކަންކަން މުތާލިއާކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުން. - މިނިސްޓަރ ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރގެ މަސްޢޫލިއްޔަތުގެ ތެރެއިން އެފަރާތްތަކުން އެދިވަޑައިނަންނަވާ އޮޑިޓެއް، ދިރާސާއެއް ނުވަތަ ތަޙްޤީޤެއް ކުރުން. |
މަޤާމްގެ ޝަރުތު: |
ނުވަތަ
ނުވަތަ
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް: |
- ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން. - ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން. - ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން. - މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެނގުން - ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު - ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫއްކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓަރާސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓަރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އަދި ސިވިލް ސަރވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ (www.finance.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މާރިޗް 2018 ވާ (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 01 އޭޕްރީލް 2018 އާއި 12 އޭޕްރީލް 2018 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349169/3349335 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ، 3338034 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |