ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/64
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 28 މާރިޗު 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ބަލަހައްޓަވަމުންގެންދަވާ ލޯކަލް މާރުކޭޓުގެ 10 ދޮރާއި، ދޮރުފަތް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި މިނިސްޓްރީގެ ދަށުން ބަލަހައްޓަވަމުންގެންދަވާ ލޯކަލް މާރުކޭޓުގެ 10 ދޮރާއި، ދޮރުފަތް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.     

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 11:30 އިން ފެށިގެން 2018 މާރިޗު 28 ވާ ބުދަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 މާރިޗު 2018