މަސައްކަތް
ނަންބަރު: (IUL)438-WS/438/2018/97
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 27 މާރިޗު 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ. އިނގުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ މަސައްކަތް ކުރުމަށް ކޮންސަލްޓަންސީ ޙިދުމަތާއި ބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ރ. އިނގުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ މަސައްކަތް ކުރުމަށް ކޮންސަލްޓަންސީ ޙިދުމަތާއި ބެހޭ

 2018 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ރ. އިނގުރައިދޫ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ފައިސާވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން ރ. އިނގުރައިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މި ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ސާރވޭ މަސައްކަތްތަކާއި، ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލް ޑިޒައިންގ، ޓެންޑަރ ޑޮކިއުމަންޓްސް އަދި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުމާއި އަދި މޮނިޓަރިންގ ހެދުން ހިމެނެއެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 

މައުލޫމާތު ސާފުކުރުމުގެ ސުންގަޑި
މި މިސައްކަތުގެ "ޓެންޑަރ ޑޮކިއުމަންޓް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ 26 މާރިޗު 2018ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ރެޖިސްޓްރީ ކުރުމުގެ ސުންގަޑި
މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝަޢުޤުވެރިވާ ފަރާތްތަށް [email protected] އަށް މެއިލް ކުރައްވައިގެން ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  ބިޑް ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 25 މާރިޗު 2018ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިއެވެ.

ޕްރޮޕޯސަލް ހުޅުވުން
ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވަނީ  27 މާރިޗު 2018ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

ރ. އިނގުރައިދޫ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކުރުމަށް ކޮންސަލްޓަންސީ ޙިދުމަތާއި ބެހޭ އިޢުލާނު ނަންބަރު:  IUL)438-WS/438/2018/97)

 

ޕްރޮޕޯސަލް ހުންނަންވާނީ ފައިނޭންޝިއަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ވަކިން ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި ޕްރޮޕޯސަލް މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

15 މާރިޗު 2018