ތަމްރީނު
ނަންބަރު: (IUL)30-F/30/2018/34
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:25
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުސަތު

މިމިނިސްޓްރީގެ ނަމްބަރު (IUL)30-F/30/2018/28 އިއުލާނުގައި ބަޔާންކޮށްފައިވާ އިންޓަރޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު 25 މާރިޗު 2018 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ޕްރޮގްރާމު މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޓީވެޓް އޮތޯރިޓީން ފަރުމާ ކުރައްވާފައިވާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ، ސެޓްފިކެޓް ލެވަލް 3 އިން އެގްރިކަލްޗަރގެ މިންގަނޑަށް ފެތޭ ގޮތަށެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މިމިނިސްޓްރީން ދަނީ ހިންގަމުންނެވެ. އެގޮތުން އިންޓަރންޝިޕް ޕްރޮގްރާމަކީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

 

  • އިތުރު މައުލޫމާތު ހޯއްދެވުމަށް: އެގްރިކަލްޗަރ ޓްރެއިންނިންގް އެކްސްޓެންޝަން އެންޑް އެޑެޕްޓިވް ރިސަރޗް ސެކްޝަންގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.
15 މާރިޗު 2018