ކުއްޔަށް ހިފުން
ނަންބަރު: MWSC-A/7/ADV/2018/033
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 10 މާރިޗު 2018 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް މާލެއިން ކުއްޔަށް ދޫކުރާނެ ގުދަނެއް ބޭނުންވެއެވެ

 

 މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް

ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

ފޯން: 3323209 ، ފެކްސް: 3324306

 

MWSC-A/7/ADV/2018/033

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

   އެމް.ޑަބްލިޔު.އެސް.ސީ އަށް މާލެއިން ކުއްޔަށް ދޫކުރާނެ ގުދަނެއް ބޭނުންވެއެވެ  

 

        މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ އަށް މާލެއިން ކުއްޔަށް ދޫކުރާނެ ގުދަނެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް

  1. ތަނަކީ ކުޑަވެގެން 400 އަކަފޫޓް އަދި ބޮޑުވެގެން 1000 އަކަފޫޓްގެ ތަނަކަށް ވާންޖެހޭނެއެވެ.
  2. ބޮޑުމަގަކުން ގުދަނަށް ވަދެނިކުމެވޭނެ ގޮތަށް ހުންނަންޖެހޭނެއެވެ.
  3. ކުރިމަތީގައި ނުވަތަ ދޮރުމަތީގައި ވެހިކަލް ބާއްވައިގެން މުދާ އަރުވާ ބާލާ ހެދޭނެގޮތަށް ހުންނަންޖެހޭނެއެވެ.
  4. ގުދަނަށް ވަކިން ކަރަންޓް ގެ ހިދުމަތް ލިބޭނެ ގޮތަށް ހުންނަންޖެހޭނެއެވެ.
  5. ގުދަނަކަށް ބޭނުންކުރުމަށް ރަނގަޅަށް ބަންދުކުރެވިފައި އަދި ރަނގަޅު ފެންވަރުގައި ހެދިފައި ހުރިތަނަކަށް ވާންޖެހޭނެއެވެ.

ތަން

ގަޑި

ތާރީހް

ތަފްސީލް

އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

11:30

20 މާރިޗު 2018

މައުލޫމާތު ސާފުކުރުން

އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

11:00

22 މާރިޗު 2018

އަގު ހުށައެޅުން

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

 

           14މާރިޗު 2018

    ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

 

 

07 މާރިޗު 2018