ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ލ.މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2018/19
އިޢުލާނު
ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ގުޅޭ:
ބަނދަރުގައި ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ޕްލޭން ކުރެވިފައިވާ ބިންތަކުގެ ތެރެއިން 08 ނަންބަރ ބިން، ވިޔަފާރިކުރުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 21 މާރިޗު 2018 ވާ ބުދަ ދުވަހުގެ މެންދުރު 11:00 އަށް
* ޕްރޮޕޯސަލް ހުށަހެޅުން: 28 މާރިޗު 2018 ވާ ބުދަ ދުވަހުގެ މެންދުރު 11:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
26 ޖުމާދަލްއާޚިރާ 1439
14 މާރިޗު 2018
ޔޫސުފް އިރުފާން
ކައުންސިލަރ