ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2018/96
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 20 މާރިޗު 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް

ވޯރލްޑް ބޭންކް އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްއަށް ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

 

ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓްގެ މަސައްކަތަކީ ޕްރޮޖެކްޓްގެ މުވާޞަލާތީ ފޯކަލް ޕޮއިންޓަކަށް ވުމާއިއެކު ކަމާއިބެހޭ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތަށް ރިއާޔަތްކޮށް ޕްރޮޖެކްޓްގެ މުވާޞަލާތީ ސްޓްރެޓެޖީ ތަރައްޤީކޮށް ރާވާ ހިންގުމެވެ.

 

ކޮމިއުނިކޭޝަންސް  ސްޕެޝަލިސްޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

  1. މާސް ކޮމިއުނިކޭޝަން، މަލްޓިމީޑިއާ ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ވިޝުއަލް ކޮމިއުނިކޭޝަން، މަލްޓިމީޑިއާ  ނުވަތަ މާސްކޮމިނިއުކޭޝަން ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތާއި ގުޅޭ ދާއިރާގައި މަދުވެގެން ތިން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ޑޯނަރުން ފަންޑު ކޮށްފައިވާ ޕްރޮޖެކްޓެއްގެ ކޮމިއުނިކޭޝަންގެ އެންމެހައި ކަންތައްތައް ފަރުމާކުރުމުން ފަށައިގެން އާއްމުނަށް  މަޢުލޫމާތު ފޯރުކޮށްދެވިފައި މަޝްރޫއުއެއް ރާވާ ހިންގުމުގެ މަދުވެގެން އެއް (1) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  4. މަޢުލޫމާތު ލިބިގަނެ ފޯރުކޮށްދިނުމުގެ (ޕްރެސެންޓޭޝަން، ގްރެފިކް ޑިޒައިން އަދި ޕާރފޯމަންސް މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ) ފުރިހަމަ ޤާބިލްކަން އަދި އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން؛
  5. މަލްޓިމީޑިއާ މެޓީރިއަލްސް އުފެއްދުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫއުގެ އަމާޒުތައް ޙާސިލްކުރެވޭ ފަރާތަކަށްވުން؛
  7. އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

 

އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 30,000/- އާއި 35,000/- ރުފިޔާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

 

               ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

 

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

 

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2017މާރިޗު 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

 

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018421

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018421  އަށް ގުޅުއްވުން އެދެމެވެ.

 

14 މާރިޗު 2018

14 މާރިޗު 2018