ދިވެހިރާއްޖެ
2018 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ މިޞްރުގެ މުދައްރިސުން ބޭތިއްބުމަށްޓަކައި، ސ.ހިތަދޫ އިން 03 ކޮޓަރީގެ ގެއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ކުރެވުނު ނަމްބަރ IUL/GS211/2018-01އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
18 މާރޗް 2018 ވާ އާދީއްތަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި |
މަޢުލޫމާތު ދިނުން |
22 މާރޗް 2018 ވާ ބުރާސްފަތި ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި |
އަންދާސީ ހިސާބު ހުށަހެޅުން |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.
26 ޖުމާދުލްއާޚިރާ 1439
14 މާރޗް 2018