ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2018/26
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 22 މާރިޗު 2018 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށީ މަސްޖިދުލް ޒިކްރާއަށް ވަގުތީ މަސައްކަތު މީހެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު:

          ތިރީގައި މިވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މީހަކު ހޯދުމަށް އިޢުލާން ކުރީމެވެ.

މަޤާމް:  ވަގުތީ މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:  SS 1

 މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: ހިންމަފުށީ މަސްޖިދުލް ޒިކްރާ

މުސާރަ: ނަމާދު ވަގުތަކަށް 40 ރުފިޔާ

ބޭނުންވާ ޢަދަދު: 1 ( އެކެއް )

މަޤާމުގެ ޝަރުޠު:

  • ލިޔަންކިއަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އެސް . އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މަސްޖިދުލް ޒިކްރާ ފޮޅާ ސާފުކުރުމާއި މިސްކިތް ބެލެހެއްޓުމާބެހޭ އެންމެހާ ކަންތައް ކުރުން.

ސުންގަޑި:

ފޯމު ހުށަހަޅަންވީ ، 22 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހިންމަފުށީ ކައުންސިލް ގެ އިދާރާ އަށެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1-      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު )

2-      ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން މިއިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

3-      އެޕްލައިކުރާ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަސައްކަތްކުރަމުން ގެންދާނަމަ ނުވަތަ މީގެކުރިން އެފަދަ ވަޒީފާއެއް ގައި/ ވަޒީފާތަކުގައި މަސައްކަތް ކޮށްފައިވާނަމަ ، އެވަޒީފާގައި  / ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް / މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް ( އަސްލާ އެއްގޮތްކަމަށް ރަސްމީފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު )

4-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5-      ވަޒީފާ އަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި ، އީ މެއިލް އެޑްރެހާއެކު )

6-      ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ޙާޟިރީ އާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުންގެ މަސައކްތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ޙާޟިރީ އާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު " ( ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފި ނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެ އެވެ. )

ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖްރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އިންޓަވިއު ކުރުން.

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 05 ދުވަހުގެ ތެރޭގައި އެންގޭނެ އެވެ.

ނޯޓް:  ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެ އެވެ.

އިތުރު މަޢުލޫމާތު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6642024 ނަންބަރު ފޯނާ އެވެ. ފެކްސް ނަންބަރަކީ 6642024 އެވެ. މިއިދާރާގެ އީ މެއިލް އެޑްރެހަކީ [email protected] އެވެ.

12 މާރިޗު 2018