މަސައްކަތް
ނަންބަރު: (IUL)341-PL/341/2018/13
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 13 މާރިޗު 2018 10:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހު ބޯޅަދަނޑު ސާފުކޮށް ކުނި ނައްތާލާނެ ފަރާތެއް ހޯދުން

އއ. އުކުޅަހު ބޯޅަދަނޑު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  20 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗު 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލްކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ. 

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 މާރިޗު 2018