މަސައްކަތް
ނަންބަރު: (IUL)415-HR/415/2018/26
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 29 މާރިޗު 2018 11:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި ތިނަދޫގެ އިޖްތިމާޢީ ސަރަހައްދުތައް ފެހިކޮށް، ސާފުކުރުމަށް ހިންގާ ޕްރޮޖެކްޓުގައި 3 މަސްދުވަހުގެ މުއްދަތަށް ޙަރަކާތްތެރިވާނޭ މަސައްކަތްތެރިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި ތިނަދޫގެ އިޖްތިމާޢީ ސަރަހައްދުތައް ފެހިކޮށް، ސާފުކުރުމަށް ހިންގާ ޕްރޮޖެކްޓުގައި 3 މަސްދުވަހުގެ މުއްދަތަށް ޙަރަކާތްތެރިވާނޭ މަސައްކަތްތެރިން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ޙިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

22 މާރިޗް 2018

ބުރާސްފަތި

11:00

އަންދާސީ ޙިސާބު ހުށައެޅުން

29 މާރިޗް 2018

ބުރާސްފަތި

11:00

މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ޤާނޫނީ ޝަޚްޞެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް އަދި ޤާނޫނީ ޝަޚްސެއްކަން އަންގައިދޭ ލިޔުމާއި މަޢްލޫމާތު ސާފުކުރާ ފަރާތުގެ އައިޑީ ކާޑުގެ ފޮޓޯ ކޮޕީއެއް ގެންނަންވާނެއެވެ.

މިކަމަށް އަންދާސީ ޙިސާބު ހުށައެޅޭނީ މަޢްލޫމާތު ސާފްކުރުމަށް އަންގާފައިވާ ދުވަހު ޙާޟިރުވެ މަޢޫލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަންދާސީ ޙިސާބު ހުށައަޅުއްވާނީ، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.  

12 މާރިޗު 2018