ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕަބްލިކް ވަރކްސް ސަރވިސަސްގެ ބޭނުމަށް 2000 ބަސްތާ ހިލަ އަދި 1500 ބަސްތާ ހިލަވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ނަންބަރު IUL)447-PR/1/2017/100) އިޢުލާންއާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުކަމަށްފެންނާތީ އެ އިޢުލާންބާޠިލްކޮށް އަލުން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗް 2018 ވާ ހޯމަ ދުވަހުގެ 13:00އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ޝީޓް 13 މާރިޗް 2018 ވާ އަންގާރަ ދުވަހުން ފެށިގެން 19 މާރިޗް 2018 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
25 ޖުމާދުލްލްއާޚިރާ 1439
13 މާރިޗް 2018