ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-FA(B)/1/2018/16
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 18 މާރިޗު 2018 00:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް 6 ކޮމްޕިއުޓަރ ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މި އޮފީހަށް 6 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެ

މި އޮފީހަށް 6 ކޮމްޕިއުޓަރ ސިސްޓަމް ގެނެސްދޭނެ ފަރާތެއް ހޯދުމަށް 4 މާރިޗު 2018 ގައި ކުރި،  މި އޮފީހުގެ ނަންބަރު IUL)1-FA(B)/1/2018/11) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 މާރިޗު 18 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

  

25 ޖުމާދަލްއާޚިރާ 1439

 

13 މާރިޗު 2018