ދިވެހިރާއްޖެ
ނަންބަރ: IUL)22-G/22/2018/27)
އިޢުލާން
ޢާޒީ ބިލްޑިން ގްރައުންޑް ފްލޯރގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފިޒިކަލް ފެސިލިޓީސް ޑިވެލޮޕްމަންޓް ސެކްޝަން މީޓިންގް ރޫމް މަރާމާތުކުރުމާއި ބެހޭ
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ފިޒިކަލް ފެސިލިޓީސް ޑިވެލޮޕްމަންޓް ސެކްޝަންގެ މީޓިންގް ރޫމް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޢާޒީ ބިލްޑިން ގްރައުންޑް ފްލޯ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
|
18 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް |
21 މާރިޗު 2018 ވާ ބުދަ ދުވަހުގެ 11:00 އަށް |
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ
ފޯން: 3341126, 3341127
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
12 މާރިޗް 2018