ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2018/7
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 26 މާރިޗު 2018 13:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތް - 2018

`

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.                                    ނަންބަރު: (IUL)430-DBA-B/1/2018/7)

 

އިޢުލާނު

 

 

            2018ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 33ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

 

  (ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ 4 ބަޔަށެވެ.

 

  1. އިސްކޫލުތަކުގެ ބައި (13 އަހަރުން ދަށް/ 13 އަހަރާއި 16އަހަރާ ދެމެދު/ 16 އަހަރާއި 21 އަހަރާ ދެމެދު)
  2. މަތީ ތަޢުލީމުގެ ބައި ( ޔުނިވަރސިޓީ / ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ)
  3. އަމިއްލަފަރާތްތަކުގެ ބައި ( 18 އަހަރުން ދަށުގެ އުމުރުފުރާ/ 18 އަހަރުން މަތީގެ އުމުރުފުރާ)
  4. އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

 

 (ށ) މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2018 އެޕްރީލް 8ވަނަ ދުވަހުއެވެ.

 (ނ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 15 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 (ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލާއެކު އޭގެ ނަކަލު، 2018 މާރިޗު 26ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އެކެޑަމީގެ ކައުންޓަރަށް ހުށަހަޅަން ވާނެއެވެ.

 (ބ)  އީމެއިލުން ފޮނުވާ ނަމަ ފޮނުވާނީ [email protected] އަށެވެ.

 (ޅ) މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު  3028000ން ލިބޭނެއެވެ.

 

 

 

24 ޖުމާދަލްއާޚިރާ 1439

12 މާރިޗު 2018

 

 

 

 

 

 

12 މާރިޗު 2018