ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)383/383/2018/21
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 19 މާރިޗު 2018 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
700 ބަސްތާ ރާނަންބޭނުންކުރާ ކަށިވެލި ހޯދުމާއިބެހޭ

މި ކައުންސިލުން އިމާރާތްކުރަމުންގެންދާ ހިނަވާގޭގެ މަސައްކަތަށް 700 ބަސްތާ ރާނަންބޭނުންކުރާ ކަށިވެލި ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗް 19 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗް 25 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުމަށް ވަޑައިގަތް ފަރާތްތަށް ފިޔަވައި އެހެނިހެން ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއަކާއި މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ގެންނަން ވާނެއެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6780701 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

12 މާރިޗު 2018