ދިވެހިރާއްޖެ
ޖުމްހޫރީ ހިނގުމުގައާއި އަލަށް އާބާދުވެފައިވާ މަގުތަކުގެ ބައްތި ދަނޑިޖަހާ ނިންމުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ މައިގަޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)318-PRO/318/2018/8 (25 ފެބުރުއަރީ 2018) އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުންކަމަށް ވާތީ އެ އިޢުލާން ބާޠިލުކޮށް ޖުމްހޫރީ ހިނގުމުގައާއި އަލަށް އާބާދުވެފައިވާ މަގުތަކުގެ ބައްތި ދަނޑިޖަހާ ނިންމުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
2018 މާރިޗު 19 ވާ ހޯމަ ދުވަހުގެ 11:00 |
2018 މާރިޗު 26 ވާ ހޯމަދުވަހުގެ 14:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.