ޢާންމު މަޢުލޫމާތު
ނަންބަރު: (A)AA-2013/715
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 16:06
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށިތައް ކައިރީ ޙަރަކަތްތެރިވާނެ އޮފިޝަލުން ހޯދުމާބެހޭ

"ލޯކަލް ކައުންސިލް އިންތިޚާބު 2013" ގައި ވޯޓުފޮށިތައް ކައިރީ ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާބެހޭ 

18 ޖެނުއަރީ 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައިންސިލް އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރު (މެލޭޝިޔާ، ޓްރިވެންޑްރަމް އަދި ސްރީލަންކާ) ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަަރަކާތްތެރިވާނޭ އޮފިޝަލުން ބޭނުންވާތީ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ބޭފުޅުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އެ ބޭފުޅެއްގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯ، އައި.ޑީ ކާޑުގެ ކޮޕީއާއެކު، 12 ޑިސެންބަރު 2013 ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މިކޮމިޝަންގެ އިދާރާއަށް (ޕޯޓްސް ކޮމެޕްލެކްސް ޢިމާރާތުގެ 5 ވަނަ ފަންގިފިލާ، ނުވަތަ ރާއްޖެތެރޭގެ ރަށަކުންނަމަ އެރަށެއްގައި ޤާއިމުކުރެވިފައިވާ ރަށު އިލެކްޝަންސް ކޮމެޓީއަށް، ނުވަތަ އަތޮޅު/ސިޓީ އިލެކްޝަންސް ޔުނިޓު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ފެކްހާއި އީމެއިލްގެ ޒަރީޢާއިން ފޯމު ހުށަހަޅުއްވާނަމަ، ފެކްސް ނަންބަރު:3323997 ނުވަތަ އީމެއިލް: [email protected]) އަށް ހުށަހެޅުއްވުން އެދެމެވެ.

ޝަރުޠު:

1- ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން

2- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުން ގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން.

3- ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަނތްބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

4- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

5- ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ބޭފުޅެއްނަމަ އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.

6- ޞިއްޙީގޮތުން މިފަދަ މަސައްކަތަކަށް ޤާބިލު މީހުން ކަމުގައިވުން.

އުޖޫރަ:

ވޯޓުލާ މަރުކަޒުގެ ވެރިއަކަށް ހަމަޖައްސައިފިނަމަ -/1,500 (އެއްހާސް ފައްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1,200 (އެއްހާސް ދުއިސައްތަ ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެނޫން ފަރާތްތަކަށް -/1,000 (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.

މީގެ އިތުރުން ކޮމިއުނިކޭޝަން އޮފިސަރަކަށް އައްޔަންކުރެވޭ ފަރާތަކަށް -/100 (ސަތޭކަ ރުފިޔާ)ގެ ފޯނު އެލަވަންސެއް ދެވޭނެ.

މިކަމަށް އެދި ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

24 މުޙައްރަމް 1435

28 ނޮވެންބަރު 2013