ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/INDIV/2018/15
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 22:55
ސުންގަޑި: 15 މާރިޗު 2018 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިމް ކުއްޔަށް ދޫކުރުން

މިކައުންސިލްގެ 2018 ވަނަ އަހަރުގެ 6 ވަނަ އާންމު ބައްދަލުވުމުގައިވަނީ މިރަށު ވަލުތެރެއިން ދަނޑުވެރިކަން ކުރުމަށް ވަގުތީގޮތުން 1 އަހަރުގެ މުއްދަތަށް ބިންކުއްޔަށް ދޫކުރުމަށް ނިންމަވާފައެވެ.  

މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަށްދައްކުވައިދޭ ޗާޓް އަދި ބިންކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލު މިއިއުލާނާއެކު ހީރަސްކުރެވިފައި އެވަނީ އެވެ.

އެއްފަރާތަކަށް އެއްބިމަށްވުރެ ގިނަ ބިމަށް ބިޑްހުށަހެޅިދާނެއެވެ. ނަމަވެސް އެއްބިމަކަށް އެއްފަރާތަކަށް ގިނަވެގެން ހުށަހެޅޭނީ އެއްބިޑެވެ.

ބިޑްހުށަހެޅުއްވުމަށް ބަދަލު މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާ އައިޑީކާޑުގެ ކޮޕީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ. އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުން އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.

މިބިންތައް ކުއްޔަށް ހިއްޕަވަން އެދިލައްވާ ފަރާތްތަކުން ބިންކުއްޔަށް ހިއްޕެވުމަށް ހުށަހަޅުއްވާ އަގު ބަޔާންކޮށް ސިޓީ ހިއްޕަވައިގެން 15 މާޗް 2018 ދުވަހު 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިން ރޫމް، ކުރަހާގެ އަށް ވަޑައިގެންދެއްވުންއެދި ދައުވަތުއަރުވަމެވެ. ބިން ކުއްޔަށް ހިއްޕެވުމަށް އެދި ހުށަހަޅުއްވާ ސިޓީގައި ތިރީގައިވާ މައުލޫމާތު ހިމެނުއްވުމަށް ދަންނަވަމެވެ.

  1. ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:
  2. ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތުގެ އައިޑީކާޑު ނަންބަރު:
  3. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ޕްލޮޓް ނަންބަރު
  4. މީލާދީ މަހަކަށް ހުށަހަޅުއްވާ ކުލި

ވީމާ މިކަން އާނމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

23 F 1439

11 މާޗް 2018

 

 

11 މާރިޗު 2018