ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު:
މި ކައުންސިލްގެ 05 އަހަރުގެ ތަރައްޤީގެ ޕްލޭންގައިވާ ގޮތުގެ މަތީން މި ރަށުގެ ރައްޔިތުންނަކީ އިޤްތިސާދީ ކެރިފޯރުންތެރިކަން އިތުރުވެ އާމްދަނީ ލިބޭނެ މަގުތައް ފަހިވެފައިވާ ރައްޔިތަކަށް ހެދުމަކީ މި ކައުންސިލްގެ އަމާޒެކެވެ. އެގޮތުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް މި އަހަރުގެ މަސައްކަތު ތާވަލުގައި ބޮޑު އިސްކަމެއް ވަނީ ދެވިފައެވެ.
މި ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން މި އަންނަ އޭޕްރީލް މަހުގެ 01 ން 10 ވަނަ ދުވަހުގެ ނިޔަލަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ގޯތިތެރޭގައި ގަސްހައްދާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަން ކުރަން ޝައުޤު ވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ދަނޑުވެރިކަން ކުރުމުގެ ޢަމަލީ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައެވެ.
ވީމާ ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 22 މާރިޗް 2018ވަނަ ދުވަހުގެ 14.00ގެ ކުރިން ޕްރޮގްރާމްގައި ބައިވެރި ވުމަށް އެދި ރ.އަނގޮޅިތީމް ކައުންސިލް އިދާރާއިން ދޫކުރާ ފޯމު ފުރުއްވުމަށްފަހު އައިޑީކާޑު ކޮޕީއާއި އެކު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ޤާސިމް ހުސައިން (މޮބައިލް 7750001) އާއި ގުޅުއްވުން އެދެމެވެ. މި އިޢްލާނާއި އެކު މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.
23 ޖުމާދުލްއާޚިރާ 1439