މަސައްކަތް
ނަންބަރު: (IUL)438-WS/438/2018/86
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 25 މާރިޗު 2018 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރަސްމިއްޔާތުތައް ބޭއްވުމަށް ޓެންޓު ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ބީލން ހުށަހެޅުމުގެ ދައުވަތު

ރަސްމިއްޔާތުތައް ބޭއްވުމަށް ޓެންޓު ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިމިނިސްޓްރީގެ ފަރާތުން 2018ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތަކުގެ ޚިދުމަތް ދިނުން ފެށުމުގެ ރަސްމިއްޔާތުތަށް ބޭއްވުމަށް ޓެންޓު  ހަދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ ގޮތަށް ޓެންޓް ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ.

  • 40ފޫޓްX80ފޫޓް ޓެންޓް
  • ޓެންޓް ވަށައިގެން ފަރުދާ ލެވިފައި (ސަތަރި/ދޮރު ފޮތި)
  • އަވިނުވާ ގޮތަށް އަދި ވާރޭ ނުވެހޭ ގޮތަށް ހިޔާކުރެވިފައި
  • ސަތަރި/ފޮތި ކުލަ: ހުދުކުލަ

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2018 މާރިޗު 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް ([email protected]) މެދުވެރިކޮށް 2018 މާރިޗު 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމުން މި މަޝްރޫޢުގެ މައުލޫމާތު ކަރުދާސް ފޮނުވައިދެވޭނެއެވެ. 

ހުށަހަޅަށްޖެހޭ ތަކެތި:

  • މަސައްކަތްކޮށްދޭ އަގުގެ (ފައިނޭންޝަލް)
  • ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު/ ޕާސްޕޯޓު ކޮޕީ/ ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ
  •  ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ

އިވެލުއޭޝަން ކްރައިޓިރިޔާ:

  • އަގު 80 މާރކްސް (lowest price/quoted price x 80)
  • ތަޖުރިބާ 20 މާރކްސް (ކޮށްފައިވާ މިބާވަތުގެ ކޮންމެ މަސައްކަތަކަށް 5 މާރކްސްގެ އުސޫލުން ގިނަވެގެން 20 މާކްސް)
  • މަދުވެގެން ތަޖުރިބާގެ ގޮތުގައި އެއް މަސައްކަތް  ކޮށްފައި ހުންނަން ޖެހޭނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  2018 މާރިޗު 25 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv

ރަސްމިއްޔާތުތައް ބޭއްވުމަށް ޓެންޓު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު: IUL)438-WS/438/2018/86)

 

 ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބީލަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބީލަން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. 

11 މާރިޗު 2018