ދިވެހިރާއްޖެ
ނަންބަރު: (IUL)202-A/1/2018/20
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
01. މަގާމް |
ކޮމްޕިއުޓަރ ޓެކްނީޝަން |
|||
މަޤާމް ނަމްބަރު |
J-282183 |
|||
ބޭނުންވާ އަދަދު |
1 |
|||
މަޤާމް ގިންތި |
ދާއިމީ |
|||
މަޤާމުގެ ރޭންކް |
އެމްއެސް 1 |
|||
މަގާމުގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|||
ސެކްޝަން |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ހާޑްވެއަރ އެންޑް ނެޓްވާރކިންގ ޔުނިޓް |
|||
މުސާރައާއި އިނާޔަތްތައް |
||||
މުސާރަ |
-/5,610 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
-/2,000 ރުފިޔާ |
|||
ސަޕޯޓިވްކޯ އެލަވަންސް |
-/700 ރުފިޔާ |
|||
އިތުރު އިނާޔަތްތައް |
|
|||
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
||||
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ / ކ.މާލެ |
|||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ / ކ.މާލެ |
|||
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ހާރޑްވެއަރ އެންޑް ނެޓްވާރކިންގ ޔުނިޓް |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
||||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
|
|||
މަޤާމުގެ ޝަރުތުތައް |
||||
އަސާސީ ޝަރުތު |
1. އައިޓީ އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް އަދި ސޮފްޓްވެއަރ ނެޓްވޯރކިންގ އެނަލިސްޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
3. އައިޓީ އިންފްރާސްޓްރަކްޗަރ މެނޭޖްމަންޓް އަދި ސޮފްޓްވެއަރ ނެޓްވޯރކިންގ އެނަލިސްޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު. ގުޅުންހުރި އެހެން ދާއިރާކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
|||
02. މަގާމް |
އެސިސްޓެންޓް ޕްރޮކިޔުމަންޓް އޮފިސަރ |
|||
މަޤާމް ނަމްބަރު |
J-247101 |
|||
ބޭނުންވާ އަދަދު |
1 |
|||
ވަޒީފާގެ ގިންތި |
ދާއިމީ |
|||
މަޤާމުގެ ރޭންކް |
ޖީ.އެސް.3 |
|||
މަގާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
|||
މުސާރައާއި އިނާޔަތްތައް |
||||
މުސާރަ |
-/4465 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
-/1500 ރުފިޔާ |
|||
ސަޕޯރޓިވްކޯ އެލަވަންސް |
-/700 ރުފިޔާ |
|||
އިތުރު އިނާޔަތްތައް |
|
|||
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
||||
މަޤާމް އޮތް އޮފީހުގެ ނަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|||
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ |
|||
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ޕްރޮކިޔުމަންޓް ޔުނިޓް |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
||||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމް ޕްރޮކިއުމަންޓަށް ލިބޭތާ ލަސްވެގެން 02 ދުވަސް ތެރޭގައި ހޯދުމަށްއެދިފައިވާ ތަކެތި ގެނައުމުގެ ގޮތުން އަގުބަލާ، ކޯޓޭޝަން ހޯދަންޖެހޭ އެއްޗެއްކަމުގައިވާނަމަ ކޯޓޭޝަން ހޯދާ، ހުއްދަހޯދަންޖެހޭ އެއްޗެއް ކަމުގައިވާނަމަ ޤަވާއިދާއި އެއްގޮތަށް ހުއްދަހޯދުމަށްފަހު މަސައްކަތާއި ތަކެއްޗަށް ޕީ.އޯ ހެދުމަށްފަހު ތަކެތި ބޭނުންވާ މުއްދަތަށް އޮފީހަށް ގެނައުން.
2- މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދުމާއި، ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ޝީޓް ތައްޔާރުކޮށް ތަކެތި ހޯދުމާއި މަސައްކަތްކުރުވުމަށް އިޢުލާންކުރުމުގެ ކުރިން މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ހޯދުމަށްފަހު އިޢުލާންކުރުން.
3- ތަކެތި ހޯދުމަށާއި މަސައްކަތްކުރުވުމަށް ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ވަގުތަށް އެކަމަށް ބޭނުންވާ އެންމެހައި ތައްޔާރީތައްވުމާއި، މަޢުލޫމާތު ސާފުކުރަން އަންނަފަރާތްތަކަށް އެއިންތިޒާމް ހަމަޖައްސައިދިނުމާއި، އެފަރާތްތަކަށް ސާފުވާނެހެން ތެދުމަޢުލޫމާތު ދިނުމާއި، ދުވަހުގެ ޔައުމިއްޔާ ނެގުމަށްފަހު ޔައުމިއްޔާ ފާސްކުރުވުމާއި، އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަށް ނިންމަންޖެހޭ އެންމެހައި ލިޔެކިޔުންތައް ނިންމުމާއި، އަންދާސީހިސާބު ހުށަހަޅާދުވަހުގެ ޔައުމިއްޔާ ނެގުމާއި، ހުށަހަޅާފައިވާ އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްޓަކައި ކޮމިޓީގެ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބައިވެރިވުމާއި މަސައްކަތް ޙަވާލުކުރުމުގެ އެގްރީމަންޓް ހެދުމާއި އަދި އިވެލުއޭޝަން ކޮމިޓީގެ ޔައުމިއްޔާ ލިޔުން.
4- އޮފީހަށް ލިބިފައިވާ ތަކެތީގެ ބިލް ލިބޭތާ 01 ދުވަސްތެރޭގައި އެބިލާއި ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ އަސްލު ހަމަކުރުމަށްފަހު ޕެއިމަންޓް ހެދުމަށްޓަކައި ޕެއިމަންޓް ހަދާ މުވައްޒަފާއި ޙަވާލުކުރުމާއި އެޑޮކިއުމަންޓްތަކުގެ ކޮޕީ ހަމަކޮށް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
5- އޮތޯރިޓީން ގެޒެޓްކުރުމަށްޓަކައި ފޮނުވަންޖެހޭ އިޢުލާންތައް ފޮނުވަންޖެހޭ މުއްދަތުގައި ގެޒެޓަށް އަޕްލޯޑްކުރުމަށްޓަކައި ރައީސް އޮފީހަށް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ކަށަވަރުކުރުމާއި، އޮތޯރިޓީގެ އެޑްމިން މެއިލް ދުވަހުން ދުވަހަށް ބަލާ ޗެކްކުރުމަށްފަހު އައިސްފައިވާ މެއިލްތައް ދާންވާ ފަރާތްތަކަށް ފޮނުވުން.
6- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތް ތައް ކުރުން.
|
|||
މަޤާމުގެ ޝަރުތުތައް |
||||
އަސާސީ ޝަރުތު |
1- ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް އަދި އިކޮނޮމިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
|||
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
||||
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
|
|||
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން |
||||
އިންޓަރވިއު ކުރުން:
ޝޯޓްލިސްޓް ކުރުން:
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 މަސް ތެރޭގައެވެ. - އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. - އިންޓަރވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
30 އިންސައްތަ
|
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
||||
އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު.މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗް 2018 ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބިނުކަން ކަށަވަރުކުރާ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، މުއްދަތު ހަމަނުވާ ކޮޕީއެއް) 6- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 8- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން. |
|||
އިތުރު މަޢުލޫމާތު:
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343422 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
20 ޖުމާދަލްއާޙިރާ 1439
08 މާރިޗް 2018