ދިވެހިރާއްޖެ
ނަމްބަރ: (IUL)225-BF/225/2018/3
އިޢުލާނު
ހއ. އަތޮޅު ކައުންސިލްގެ ރެހެންދި ލާންޗުގައި ކުރިން އަޅާފައިވާ ޔަމަހާ 200 ހޯސްޕަވަރުގެ ދެ އިންޖީނާއި ސްޓިއަރިންގ ސިސްޓަމް ސިޓީލާ ނީލަމުގައި ވިއްކާލުން
ހއ. އަތޮޅު ކައުންސިލްގެ ރެހެންދި ލާންޗުގައި ކުރިން އަޅާފައިވާ ޔަމަހާ 200 ހޯސްޕަވަރުގެ ދެ އިންޖީނާއި ސްޓިއަރިންގ ސިސްޓަމް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު (IUL)225-BF/225/2017/21 (20 ނޮވެންބަރު 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން އިޢުލާނުކުރީމެވެ.
އިންޖީނު ވިއްކާލުމަށް ހަމަޖެހިފައިވަނީ ކޮންމެ އިންޖީނަކަށް ވަކިން އަގުހުށަހަޅާގޮތަށެވެ. އިންޖީނެއްގެ ނީލަން ފެށޭ އަގަކީ 90000.00ރ (ނުވަދިހަހާސް ރުފިޔާ) އެވެ. އިންޖީނެއްގެ އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 2000.00ރ (ދެހާސް ރުފިޔާ) އެވެ. ސްޓިއަރިންގ ސިސްޓަމްގެ ފެށޭ އަގަކީ 10000.00ރ (ދިހަހާސް ރުފިޔާ) އެވެ. ސްޓިއަރިންގ ސިސްޓަމްގެ އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ.
ވީމާ، މިކަމަށް އެދި ސިޓީ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެދުވަހެއްގެ 08:30 އިން 13:30 އަށް މި އިދާރާގެ ކައުންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެކަށީގެންވާ އަގެއްގައި ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ތިން ދުވަސްވާންދެން އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. މި ނީލަމަށް ހުށަހަޅާ އަގު މި އިދާރާގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު 6500002 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ޖުމާދަލްއާޚިރާ 1439
08 މާރިޗު 2018