މަސައްކަތް
ނަންބަރު: 60-ADM/2018/60
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 13 ފެބުރުވަރީ 2018 09:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އެއް އަހަރު ދުވަހަގެ މުއްދަތަށް އެމްބިއެންޓް ސެންޓިންގގެ ހިދުމަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އެއް އަހަރު ދުވަހަގެ މުއްދަތަށް އެމްބިއެންޓް ސެންޓިންގގެ ހިދުމަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެކަށީގެންވާ އިޖާބައެއް ނުލިބުމާއި ގުޅިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި އެއް އަހަރު ދުވަހަގެ މުއްދަތަށް އެމްބިއެންޓް ސެންޓިންގގެ ޚިދުމަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން 60-އޭޑީއެމް/37/2018 ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. އަދި، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 13 މާރިޗު 2018 ވާ ދުވަހުގެ 0900 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 13 މާރިޗު 2018 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 14 މަރިޗު 2018 ވަނަ ދުވަހުގެ 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 17 މަރިޗު 2018 ވާ ދުވަހުގެ 1000  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 18 މާރިޗު 2018 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 21 މާރިޗު 2018 ވާ ދުވަހުގެ 14:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 21 މާރިޗު 2018 ވަނަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344180 / 3344339

ފެކްސް: 3344633

އީމެއިލް: [email protected]

 

06 މާރިޗު 2018

06 މާރިޗު 2018