ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)232-AG/232/2018/10
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި:
03 އޭޕްރިލް 2018 10:30
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއަށް 38 ފޫޓް ދިގު ލޯންޗް ހަލްއެއް (އިންޖީނާއި، އެއާއިގުޅޭ އެހެނިހެން ތަކެތި ފިޔަވާ) ގަންނަންބޭނުން ވެއްޖެ
ލޯންޗެއް ގަތުމަށް މިކައުންސިލްގެ އިދާރާއިން ކުރި ނަމްބަރ (IUL)232-AG/232/2018/5 (04 ފެބްރުވަރީ 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މިއިދާރާއަށް 38 ފޫޓް ދިގު ލޯންޗް ހަލްއެއް (އިންޖީނުއާއި އެއާއިގުޅޭ އެހެނިހެން ތަކެތި ފިޔަވާ) ގަންނަން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރޗް 20 ވާ އަންގާރަ ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ (އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 އޭޕްރީލް 03 ވާ އަންގާރަ ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
07 މާރިޗު 2018