މަސައްކަތް
ނަންބަރު: (IUL)22-G/22/2018/22
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 14 މާރިޗު 2018 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހއ.ތުރާކުނު ސްކޫލް އޭ.ވީ ރޫމް އަދި ސައިންސް ރޫމް އިމާރާތް

                                       އިޢުލާން ނަންބަރ: IUL)22-G/22/2018/22)    

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ހއ.ތުރާކުނު ސްކޫލް އޭ.ވީ ރޫމް އަދި ސައިންސް ރޫމް އިމާރާތް ކުރުމުގެ  މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު (IUL)22-G/22/2018/14  އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ ތެރެއިން 03 ފަރާތް ކޮލިފައިނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 މާރިޗް 8 އިން 2018 މާރިޗް 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 މާރިޗް 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 މާރިޗް 14 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ) ޖަލްސާކުރާ މާލަމުގައެވެ.
  2.  

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޣާޒީ ބިލްޑިން ގްރައުންޑް ފްލޯ

ފޯން:  3341126, 3341136

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

07 މާރިޗު 2018