ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2018/15
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 15 މާރިޗު 2018 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ 02 މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު:

   ރ. އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ މެމްބަރުކަމަށް (2 މެމްބަރުން) ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، 15 މާރިޗް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

  1. ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ)  އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ)  އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.

(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.

(ރ)  ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

(ބ)  ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

(ޅ)  އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.

(ކ)  މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.

(އ)  ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.

(ވ)  ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.

(މ)  ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

  1. އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު އަންނަނިވި މަޢުލޫމާތާއި، ތަކެތި ރަށު އިލެކުޝަންސް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. 

(ހ) ފުރިހަމަ ނަން: 

(ށ) އުފަން ތާރީޚް:

(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަމްބަރ ( ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ އަކާއިއެކު )

(ރ) ދާއިމީ އެޑްރެސް ( އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް )

(ބ) މިހާރު ދިރިއުޅޭ އެޑްރެސް ( އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް )

(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް

(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި، މަޤާމްތަކުގެ ނަން.

 (ވ) އެމީހަކު އެ އިންތިޚާބުގައި ޚާއްސަ ނިޝާނެއް ބޭނުންކުރުމަށް ގަސްދު ކުރާނަމަ އެނިޝާނެއް.

(މ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ރަށު އިލެކުޝަންސް ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި، ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤަވާޢިދު ނަމްބަރ 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު ) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް ( އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމްގައިވާ ) އިޤުރާރުވެ، އެއިޤުރާރު.

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މެމްބަރުކަމަށް، މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 މާރޗް 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް މިއިދާރާއިންނެވެ. މި މަޤާމުތަކަށް 02 ބޭފުޅުންނަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ މި ރަށު އަންހެނުންގެ މެދުގައި ވޯޓުލައި އެ މަޤާމުތަކަށް އެންމެ ގިނައިން ވޯޓު ލިބޭ ފަރާތްތަކަށް މެމްބަރުކަން ދެވޭނެއެވެ. އަދި 02 ކެންޑިޑޭޓުން ނުވަތަ އެޔަށްވުރެ މަދުން ކުރިމަތި ލައިފިނަމަ އެކަމަށް ކުރިމަތިލީ ފަރާތްތައް އިންތިޚާބަކާ ނުލާ ކޮމިޓީއަށް ޢައްޔަން ކުރެވޭނެއެވެ. މި ކޮމިޓީއަށް ކުރިމަތީލާ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބެއް ބާއްވަން ޖެހޭނަމަ އެ އިންތިޚާބު ބާއްވާނެ ތާރީޚް ފަހުން އިޢްލާން ކުރެވޭނެއެވެ.

ވީމާ މިކަން އަންގާ އިޢްލާން ކުރީމެވެ. މި އިޢްލާނާއި އެކީ މި ކޮމިޓީއަށް ކުރިމަތިލުމަށް އެދޭ ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.

07 މާރިޗު 2018