މަސައްކަތް
ނަންބަރު: (IUL)253/253/2018/21
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 18 މާރިޗު 2018 10:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯޅިމަގުތަކުގައި މަގުމަތީ ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ހޯދުން

މިރަށުގެ އެކިއެކި ގޯޅިމަގުތަކުގައި މަގުމަތީ ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ހޯދުން

މިރަށުގެ އެކިއެކި ގޯޅިމަގުތަކުގައި މަގުމަތީ ބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށާއި އިޖުތިމާއީގޮތުން މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަދި ކޮމެޓީތަކަށެވެ.

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް އެދޭފަރާތްތަކުން 2018 މާރިޗު 18 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2018 މާރިޗު 20 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 ޖުމާދަލްއާޚިރާ 1439

                  5  މާރިޗު     2018

05 މާރިޗު 2018