މަސައްކަތް
ނަންބަރު: (IUL)283-BF/283/2018/16
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 15 މާރިޗު 2018 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
800 ކިލޯ ވޯޓްގެ (800kW)ޖަނަރޭޓަރ ސެޓެއް ގަތުން

މިކައުންސިލުން ހިންގަމުންގެންދާ ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކުރުމަށްޓަކައި 800 ކިލޯ ވޯޓް         )  (800kw 01 (އެކެއް) ޖަނެރޭޓަރ ސެޓް ގަންނަން ބޭނުންވެއެވެ.

 

ހުށަހަޅަންވީ ތަކެތި:

1.     ޖަނަރޭޓަރ ސަޕްލައިކޮށްދެވޭނެ އަގު: ޖަނަރޭޓަރާއިއެކު އިންސްޓޯލްކުރުމަށް ބޭނުންވާ ހުރިހާތަކެއްޗެއްގެ އަގު ވަކިން އެނގެން އޮންނަންވާނެއެވެ. ހުށައަޅާ އަގުގައި ފުނަދުއަށް ގެނެވޭނެއަގާއި ،އިންސްޓޯލްކޮށްދެވޭނެއަގު ވަކިން ހިމަނަންވާނެއެވެ. އަދި ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު، އަދި އިތުރު ހަރަދުތައް ވަކިން އެނގެން އޮންނަންވާނެއެވެ.

2.     ސަޕްލައިކޮށްދެވޭނެ މުއްދަތު: މުއްދަތު ހުށަހަޅަންވާނީ ދުވަހުންނެވެ.

3.     ޖަނަރޭޓަރުގެ އަގު އަދާކުރުމަށް ހުށައަޅާގޮތް އަންދާސީ ހިސާބުގައި ސާފުކޮށް އެނގެން އޮންނަންވާނެއެވެ.

4.     ހުށައަޅާ ޖަނަރޭޓަރުގެ ފުލް ސްޕެސިފިކޭޝަން ،ކުންފުނީގެ ޕްރޮފައިލް ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ، ޖީ.އެސްޓީ . ރަޖިސްޓަރީކޮޕީ ، ތަޖުރިބާގެ ލިޔުންތައް ،އަދި ވޭތުވެދިޔަ 3 މަސްދުވަހުގެ ބޭންކްސްޓޭޓްމަންޓް. (01ޑިސެމްބަރ 2017 އިން  28 ފެބުރުއަރީ 2018 އަށް).

 

އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް:

1.     އަގު : 60 ޕަސެންޓް ، (ހުށައެޅޭ އެންމެ ހެޔޮއަގު / ހުށައެޅިއަގު) * 60

2.     މުއްދަތު : 15 ޕަސެންޓް ، ( ހުށައެޅޭ އެންމެކުރު މުއްދަތު / ހުށައެޅި މުއްދަތު) *15

3.     އަގު އަދާކުރުމަށް ހުށައެޅޭ ގޮތް : 18 ޕަސެންޓް ، ( ޖަނަރޭޓަރުގެ ފުރަތަމަ ޕޭމަންޓް ދެއްކުމަށް ހުށަހަޅަންވާނީ ޖަނަރޭޓަރު ފުނަދުއަށް ގެނައުމާއި ހަމައިންނެވެ. އަދި  ފައިސާ ދެއްކުމަށް ހުށައަޅާފައިވާ ގޮތަށް ބަލައި  މިކައުންސިލަށް ލުއިވާނެގޮތަކަށް ބަހާލެވިފައިވާނަމަ ހުށައެޅުންތަކަށް ބަލައި ޕޮއިންޓްދެވޭނެއެވެ.)

4.     މާލީ ޤާބިލުކަން : 02 ޕަސެންޓް ( ތިންމަހުގެ ބޭންކް ސްޓޭޓްމަންޓަށްބަލައި ޕޮއިންޓްދެވޭނެ،އެންމެ ގިނަ ފައިސާ ރޯލްވެފައިވާ ފަރާތަކަށް 2 ޕޮއިންޓް ، އަދި ދެވަނަ ފަރާތަކަށް 1 ފޮއިންޓް ގެ ތަރުތީބުން އެންމެ ރަނގަޅު 2 ފަރާތަށް މާކްސްދެވޭނެ އަދި ބޭންކް ސްޓޭޓްމަންޓް ހުށަނާޅާނަމަ މިބަޔަށް ލިބެންވާމާކުސް ނުލިބޭނެއެވެ.ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނެއެވެ.)

5.     މަސައްކަތު ތަޖުރިބާ : 05 ޕަސެންޓް ( ހުށައަޅާ މަސައްކަތާ ގުޅޭ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް، މިބަޔަށް އެންމެ ގިނަވެގެން މާކްސް ދެވޭނީ 5 ލިޔުމަށެވެ)

 

 

އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ           

އިޢުލާން ނަންބަރ: (IUL)283-BF/283/2018/16

ށ.ފުނަދޫ

ދިވެހިރާއްޖެ.

 

ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ  15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00  ގައި ފުނަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަމްބަރ 6540052 ފޯނާއި ގުޅުއްވުން އެދެމެވެ.

06 މާރިޗު 2018