ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓްގެ ދަށުން ކުރިއަށްގެންދާ އެވެއަރނަސް ކެންޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތައްޔާރުކުރުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ ސޮފްޓްވެއަރތައް (ލައިސަންސާއެކު) ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޢަދަދު |
ސޮފްޓްވެއަރ |
ލައިސަންސްގެ ބާވަތް |
1 |
އެޑޯބް ފޮޓޯޝޮޕް ސީސީ |
2 އަހަރުގެ ސަބްސްކްރިޕްޝަން |
1 |
އެޑޯބް އާފްޓަރ އެފެކްޓް ސީސީ |
2 އަހަރުގެ ސަބްސްކްރިޕްޝަން |
1 |
އެޑޯބް ޕްރެމިއަ ޕްރޮ ސީސީ |
2 އަހަރުގެ ސަބްސްކްރިޕްޝަން |
ހުށަހަޅަންވީ ތަކެތި
- މި މިނިސްޓްރީއަށް ސޮފްޓްވެއަރ ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- ސޮފްޓްވެއަރ ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު ކޯޓޭޝަންގައި ހިމެނިފައި އޮންނަންޖެހޭނެއެވެ.
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މަތީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ހުށަހަޅުއްވާފައިނުވާނަމަ އެފަރާތެއްގެ ބީލަން ފުރިހަމަނުވާކަމަށް ކަނޑައަޅައި އިވެލުއޭޓް ނުކުރެވޭނެ ކަމުގައިދަންނަވަމެވެ.
މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު
އަގަށް: 70 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު |
× 70 |
ހުށަހެޅި އަގު |
މުއްދަތު: 15 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު |
× 15 |
ހުށަހެޅި މުއްދަތު |
ތަޖުރިބާ: 15 ޕޮއިންޓް
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް)
- ވޭތުވެދިޔަ 02 އަހަރުގެ ތެރޭގައި -/50,000ރ (ފަންސާސް ހާސް) ދިވެހި ރުފިޔާ އަށްވުރެ މަތީގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 03 ޕޮއިންޓް ލިބޭނެއެވެ.
- ވޭތުވެދިޔާ 02 އަހަރުގެ ތެރޭގައި -/50,000ރ (ފަންސާސް ހާސް) ދިވެހި ރުފިޔާ އަށްވުރެ ދަށުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 02 ޕޮއިންޓް ލިބޭނެއެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 14 މާރިޗު 2018 ވަނަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 14 މާރިޗު 2018 ވަނަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ބޭނުންވާ ސޮފްޓްވެއަރތައް (ލައިސަންސާއެކު) ގަތުމަށް ކުރި އިޢުލާނު ނަންބަރު: IUL)438-WS/438/2018/74)
ނޯޓް:
- މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި ހުރިހާ އައިޓަމަކަށް ބިޑް ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް ބިޑް ހުށަނާޅާ ފަރާތްތަކުގެ ބިޑު ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.