ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-ADS/233/2018/2
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:58
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަހުނު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތަށް ފީއެއް ނެގުން
މިއިދާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ރަހުނު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތަށް، އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި -/100 ރުފިޔާ (އެއްސަތޭކަ ރުފިޔާ) ޚިދުމަތަށް އެދޭ ކޮންމެ ފަރާތެއްގެ އަތުން ނެގުމަށް، ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، 2018 މާރޗް 12 ވަނަ ދުވަހުން ފެށިގެން، ރަހުނު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތަށް، -/100 ރުފިޔާ އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ނަގަމުންދާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 މާރިޗު 2018