ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2018/23
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 13 މާރިޗު 2018 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮޑިޓަރ (ގްރޭޑް 1)

މަޤާމް :އޮޑިޓަރ (ގްރޭޑް 1)
ބޭނުންވާ އަދަދު :3

ޑިޕާޓްމަންޓް / ޔުނިޓް

ޕަބްލިކް ސެކްޓަރ އޮޑިޓް

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

އަސާސީ މުސާރަ

-/6500 (ހަހާސް ފަސްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް 196/67 (ސަތޭކަ ނުވަދިހަ ހަރުފިޔާ ފަސްދޮޅަސް ހަތްލާރި)

ލިވިންގ އެލަވަންސް

-/2000 (ދެހާސް ރުފިޔާ)

ޕްރޮފެޝަނަލް އެލަވަންސް

އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލްކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ ނުވަތަ ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލްކޮށްފައިވާނަމަ -/500 (ފަސް ސަތޭކަ ރުފިޔާ)

އޮޑިޓް އެލަވަންސް

-/2000 (ދެހާސް ރުފިޔާ)

އަސާސީ ޝަރުތު

  1. އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލްކޮށްފައިވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލްކޮށްފައިވުމާއެކު އޮޑިޓްކުރުމާއި އެޝުއަރެންސް ސަރވިސަސްގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން

އެހެނިހެން ޝަރުތު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޯޑިޓް ވާރކްޕްލޭން ތައްޔާރުކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުން.
  2. ވާރކްޕްލޭނާ އެއްގޮތަށް ފީލްޑް އޯޑިޓް އަދި ޑެސްކް އޯޑިޓްގެ މަސައްކަތްތައްކުރުން.
  3. އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި)
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުތު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ 18 މާރިޗު 2018 އާއި
29 މާރިޗް 2018 އާ ދެމެދު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

13 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348200  ނަންބަރު  ފޯނަށެވެ.  ފެކްސް  ނަންބަރަކީ،  3316430  އެވެ. އީމެއިލް  އެޑްރެހަކީ،  [email protected]  އެވެ.    

06 މާރިޗު 2018