މަސައްކަތް
ނަންބަރު: (IUL)WDC(2)/2018/01
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 15 މާރިޗު 2018 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި އެޑްވާންސް ޕޭސްޓްރީ ކޯހެއް ހިންގައިދޭނެ އިންސްޓްރަކްޓަރެއް ހޯދުމަށް

އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 70 އަންހެންބޭފުޅަކަށް ޕޭސްޓްރީއެޑްވާންސް ކޯހެއް ހިންގަން ބޭނުންވެއެވެ. މިކޯސްރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

- ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު.

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

މާރކުސް ދެވޭނެގޮތް:

- އަގު      %30

- ތަޖުރިބާ    %30

- މުއްދަތު    %20

- ހުށަހެޅުން   %20

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 15 މާރިޗު 2018 ވާ  ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގައި ހުންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ޖުމާދަލް ޢާޚިރާ 1439

05 މާރިޗު 2018