ޢާންމު މަޢުލޫމާތު
ނަންބަރު: B-381 / I-2018/ 15
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 12 މާރިޗު 2018 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ދެކުނުފަރާތުން ދޫކޮށްފައިވާ ގޯތިތަކުގެ ދެކުނުފަރާތުމަގަށް އަރާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް.

މިރަށުގެ ދެކުނުފަރާތުން ދޫކޮށްފައިވާ ގޯތިތަކުގެ ބިންދޮށުން  ( ދެކުނު ފަރާތުން ) ކަނޑާ މަގުގައި ކަޅުކުލައިގެ ދަވާދުން 1 ން 96 ށް ރުއްތަކުގައި ނަންބަރު ޖަހާފައި ހުންނާނެއެވެ. އަދި ގަސްތަކުގައި 1 ން 172 ށް ކަޅުކުލާގެ ދަވާދުން ނަންބަރު ޖަހާފައި ހުންނާނެއެވެ.

          ވީމާ މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން 12 މާރޗް 2018 ވާ ހޯމަ ދުވަހުގެ 13:00 ށް ސިޓީ އާއި އައި.ޑީ ކާޑްގެ ކޮޕީ އަދި 2 ހެކިންގެ އައި.ޑީ ކާޑް ކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށެވެ.

          ވީމާ މަތީގައި ބަޔާންކޮށްފައިވާ ސަރަޙައްދުގައި ހުރި އެހެނިހެން ތަކެތި، އެތަކެތީގެ ވެރިފަރާތުން 12 މާރޗް 2018 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ. އަދި ދަންނަވަމެވެ. މިދެންނެވި ތާރީހުގެ ފަހުން ނުނަންގަވާ ހުންނަ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެތަކެތި ނަންތާލެވޭނެކަން އަންގާ އިއުލާން ކުރަމެވެ. އަދި މިކަމާއި ގުޅިގެން 28/2017-i/381-B ގެ އިއުލާން 26 ސެޕްޓެމްބަރ 2017 ގައި ކުރެވިފައިވާވަހަކަ ދެންނެވީމެވެ.   

06 މާރިޗު 2018