ދިވެހިރާއްޖެ
ނަންބަރު: IUL)202-M/116/2018/1
އިއުލާން
ހުޅުލޭ ފަޅުތެރެއަށް ވަދެ ނުކުތުމާބެހޭ؛
ހުޅުލޭ ފަޅުތެރެއަށް ވަދެ ނުކުތުމަށް ބޭނުންކުރާ ތިން ނެރުގެ ތެރެއިން ހުޅުލޭ އެންމެ އުތުރު ނެރުމަތީގައި ބާޖެއް ބޭނުންކޮށްގެން މަސައްކަތެއް ކުރުމަށްޓަކައި މި ނެރު މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށްވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މިއަދުންފެށިގެން މާރިޗު 14 ވަނަ ދުވަހުގެ ނިޔަލަށް އުޅުލޭގެ އެންމެ އުތުރު ނެރު ބަންދު ކޮށްފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާންކުރީމެވެ. އަދި މިއަދުންފެށިގެން ހުޅުލެއަށް ވަންނާނީ އުޅުލޭގެ އެންމެ ދެކުނު ނެރު ބޭނުން ކޮށްގެންނެވެ. އަދި ހުޅުލޭ ފަޅުން ނިކުތުމަށް ކުރިންވެސް ބޭނުންކުރަމުންއައި މެދު ނެރު ބޭނުންކުރާނީ ހުޅުލޭ ފަޅުން ނިކުތުމަށެވެ. ދެކުނު ނެރުން ނުވަދެވޭވަރުގެ ބޮޑެތި މުދާ އުފުލާ އަދި މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ހުއްދަ އާއެކު މެދު ނެރުން ވަދެ ހެދުމަށް ހުއްދަ ހޯއްދަވައިގެން މެދު ނެރުން ވަދެ ނުކުމެ ހެދުމަށް އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
މި އިއުލާނާ ހިލާފަށް އަމަލުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުނާއި ދޭތެރޭ ގަވާއިދު 2015/R-229 ގެ 44 ވަނަ މާއްދާގެ "ފ" ގެދަށުން ފިޔަވަޅު އަޅާނެކަންވެސް އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
17 ރަޖަބު 1439
05 މަރީޗު 2018