ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)221-ASS/1/2018/2
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 08 މާރިޗު 2018 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                           ނަމްބަރ: IUL)221-ASS/1/2018/2)   

އިޢުލާން

ދެ އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ ސެކިޔުރިޓީ އާއި އަލިފާން ނިއްވާ ނިޒާމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

            މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި ބޭނުން ކުރަމުންދާ އިލެކްޓްރޯނިކްސް އެލާރމް ސިސްޓަމާއި، ސީސީޓީވީ ކެމެރާ ފަދަ އާލަތްތައް މެދުވެރިކޮށް އޮފީސް އިމާރާތް މޮނިޓަރ ކޮށް ބެލެހެއްޓުމާއި، އޮފީހުގެ އަލިފާން ނިއްވާ ނިޒާމް ސަރވިސްކޮށް ދެއަހަރުގެ މުއްދަތަށް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު IUL)221-ASS/2018/1) ( 21 ފެބްރުއަރީ 2018 )އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވެއްޖެއެވެ.               

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 މާރޗް 08 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިއޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 މާރޗް 13 ވާ އަންގާރަ ދުވަހުގެ 14:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

          މަޢުލޫމާތު ސާފުކުރައްވަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

              17 ޖުމާދަލްއާޙިރު 1439

05 މާރިޗު 2018