ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ. ހިންމަފުށި (އައްސޭރި ޖަލު)ގައި ހުކުމް ތަންފީޒް ކުރަމުންގެންދާ ޤައިދީންނާއި ބަންދުމީހުން އަދި އެ ޖަލުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މާލެ އާއި ހިންމަފުއްޓާއި ދެމެދު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)167-PR/167/2017/22 އިޢުލާން ބާތިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
11 މާރޗް 2018 |
އާދިއްތަ |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
15 މާރޗް 2018 |
ބުރާސްފަތި |
10:00 |
17 ޖުމާދަލް ޢާޙިރު 1439
05 މާރޗް 2018