ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2018/09
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 12 މާރިޗު 2018 11:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

އިޢުލާން

 

ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

       

       ލ.ކުނަހަންދޫގެ އުރީދޫ ހަޓުކައިރިން ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރުމަށް ރޭވިފައިވާ ޕްލޭންގެދަށުން އުރީދޫ ހަޓް  ސަރަހައްދު ޖަނަވާރު ގެންގުޅުމަށް  1 ބިން ކުއްޔަށްދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

       ވީމާ، ޖަނަވާރު ގެންގުޅުމަށް ބިން ކުއްޔަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުން: 12 މާރިޗް  2018 ވާ ހޯމަ  ދުވަހުގެ 11:00 އަށް

* އެސްޓިމޭޓް ހުށަހެޅުން: 14 މާރިޗް  2018 ވާ ބުދަ  ދުވަހުގެ 11:00 އަށް

               މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

              މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

             

                17 ޖުމާދުލްމއާހިރު 1439

                05  މާރިޗް     2018            

05 މާރިޗު 2018