ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-207/IUL/2018/29
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 14 މާރިޗު 2018 14:00
މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސްޕޯރޓްސް ސުޕަވައިޒަރ

މަޤާމް:              ސްޕޯރޓްސް ސުޕަވައިޒަރ

މަޤާމް ނަމްބަރ:        J-248807

ބޭނުންވާ އަދަދު:        01 (އެކެއް)

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ސެކްޝަން:           އެކަޑަމިކް ސެކްޝަން

މަޤާމް އޮތް އޮފީސް:      މަޑަވެލީ ސްކޫލް/ ގދ. މަޑަވެލި

ވަޒީފާ އަދާކުރަންޖެހޭ ތަން:  މަޑަވެލީ ސްކޫލް/ ގދ. މަޑަވެލި

މުސާރަ:             -/4465 ރުފިޔާ

ސަރވިސް އެލަވަންސް:    -/1500 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް: -/700

 

އިތުރު އިނާޔަތްތައް:

1.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް

2.      ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3.      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

ދާއިރާ:

  • ކުޅިވަރުގެ ދާއިރާ
  • ކިޔަވައިދިނުމުގެ ދާއިރާ

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.      ސްކޫލް ގެ ދަރިވަރުންނަށް ހިންގޭ ސްޕޯޓްސްގެ ހަރަކާތައް ހުރިހާ ދަރިވަރުންނަށް ފައިދާ ހުރި ގޮތެއްގައި ރާވާ ހިންގުން

2.      ހުރިހާ ގްރޭޑެއްގެ ޕީއީ ސްކީމް ޗެކް ކުރުން

3.      ސްކީމުގައިވާ ސްކިލްސްތަކާއި ހުނަރުތައް ކުރިޔަށް ގެންދިޔުމުގައި ޓީޗަރުންނަށް އެހީތެރިވެ ދިނުން

4.      ދަރިވަރުންނަށް ހިންގޭ ޕީއީ އެކްޓިވިޓީސް ކުރިއަށް ގެންދިއުން

5.      ކުޅިވަރު ހަރަކާތްތަކަށާއި، ޕީއީ އަށް ހޯދާފައިވާ ތަކެތި ބެލެހެއްޓުން، އަދި އިތުރަށް ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާ ގުޅައިގެން ހޯދައި، މި ތަކެތި ގެންގުޅޭނެ ގޮތާއިމެދު ޓީޗަރުންނަށް ލަފާ ދިނުން

6.      ކުޅިވަރު މުބާރާތް ތަކުގެ ހުރިހާ ލިޔެލިޔުމެއް ބެލެހެއްޓުން

7.      ޕީ.އީ އަށް ބޭނުންވާ ސާމާނުތައް ޓީޗަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން

8.      ސްކޫލް ދަރިވަރުން ބައިވެރިވާ ހުރިހާ ކުޅިވަރު މުބާރާތްތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުން

9.      ޕީ.އީ ނަންގަވައިދެއްވާ ޓީޗަރަކަށް ހާޒިރުނުވެވޭ ހާލަތްތަކުގައި އެޓީޗަރުންގެ ޕީ. އީ ގަޑިތައް ނެންގެވުން

10.  ޓައިމްޓޭބަލާ އެއްގޮތަށް ތިޔަރީ ކުލާސްތައް ކުރިޔަށް ގެންދިޔުން

11.  ދަރިވަރުންގެ ކިބައިގައިވާ ތަފާތު ހުނަރުތައް (ކުޅިވަރާގުޅޭ) ދެނެގަނެ އެހުނަރުތައް ތަރައްގީކުރުމަށް ތަފާތު ޕްރޮގްރާމް ހިންގުން

12.  ކުޅިވަރު ޙަރަކާތްތަކާގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުމާ ރެކޯޑްތައް ބެލެހެއްޓުން

 

މަޤާމުގެ ޝަރުޠުތައް:

1.      މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

2.      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފަވުމާއިއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1.     ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2.      މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު

3.     މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސްހިމެނޭގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.

4.      ސިވިލްސަރވިސްއަށް  / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

       1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން                ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

       3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މަޑަވެލީ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރިވިސްގެ www.csc.gov.mvވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޑަވެލީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރަކީ 6842605 އެވެ.

އެޕްލިކޭޝަންފޯމާއެކުހުށަހަޅަންޖެހޭހުރިހާލިޔުންތައްހުށަހަޅާފައިނުވާނަމައެޕްލިކޭޝަންބާޠިލްކުރެވޭނެއެވެ.

 

އިންޓަވިއުއޮންނަތަނާއިމުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  15 މާރޗް 2018 އާއި 22 މާރޗް 2018 އާއި ދެމެދު، މަޑަވެލީ ސްކޫލު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30

އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މަޑަވެލީ ސްކޫލުގެ  7983090 ގެ ނަމްބަރު ފޯނާއެވެ.  ފެކްސް ނަމްބަރަކީ، 6842605 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.             

 

                      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 މާރިޗު 2018