އިޢުލާން
ވަޒީފާގެ ފުރުޞަތު
60-އޭޑީއެމް/18/2018 ނަންބަރ އިއުލާނަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯރމް ލިބިފައިނުވާތީ އަލުން އެމަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: ސޭލްސް މެނޭޖަރ ގރ.1
ބޭނުންވާ ޢަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/5610 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 163 (ގއ. ވިލިނގިލި) ފިހާރަ / ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓް
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި، -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ފިހާރައިގެ އޮޕަރޭޝަނަލް އެންމެހައި މަސައްކަތެއް އޮޕަރޭޝަނަލް މެނުއަލްގައި ވާ ގޮތަށް ކުރުން
- ދަށުން މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ސުޕަރވައިޒް ކުރުން އަދި ސޭލްސް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި ފޯރކާސްޓް ކުރުމާއި އަދި އިންވެންޓްރީ ބެލެހެއްޓުން
- ވިޔަފާރި ފުރުސަތުތައް ހޯދާ ރީޖަނަލް ސޭލްސް އޮފީހާއި ގުޅިގެން އެކަން ރާވާ ހިންގުން
ފެންވަރު ނުވަތަ ޝަރުތު
- މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ބިޒްނަސް ދާއިރާއަކުން ޑިޕްލޮމާ / ޑިގްރީ ލެވެލްގެ ފެންވަރު ހުރުން
- މަޤާމާއި ގުޅޭ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާއަށް ހޮވުމުގައި ބެލެވޭނެ.
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރިޗު 13 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރ / އެސްޓީއޯ 163 (ގއ. ވިލިނގިލި) ފިހާރައިންނާއި، އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ލިބެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]
04 މާރިޗު 2018
|