މަސައްކަތް
ނަންބަރު: (IUL)315-SM/315/2018/26
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 12 މާރިޗު 2018 10:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމަރާ ސިސްޓަމެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

                    މި އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ހަރުކުރަން ބޭނުންވެގެންކުރި މިއިދާރާގެ ނަމްބަރ: (IUL)315/ADMN/2018/21 އިޢުލާނާ ގުޅިގެން  އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާތިލްކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2018 ވާ ހޯމަ ދުވަހު ހެނދުނު 10:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2018ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

               

 

 

05 މާރިޗު 2018