ތަމްރީނު
ނަންބަރު: (IUL)30-F/30/2018/28
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 18 މާރިޗު 2018 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުޞަތު

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މިމިނިސްޓްރީން ދަނީ ހިންގަމުންނެވެ. މިޕްރޮގްރާމްތަކުގެ ތެރެއިން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މާޗް މަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހުޅުވާލެވޭ މިފުރުޞަތުގައިޕް 4 ދަނޑުވެރިއަކަށް ފުރުޞަތު ދިނުމަށްވަނީ ނިންމާފައެވެ. މިރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި މަހަކު 2,000.00 ރުފިޔާގެ އެލަވަންސެއް 6 މަސްދުވަހުގެ މުއްދަތަށް މިމިނިސްޓްރީން ހަމަޖައްސާދެވޭނެއެވެ. (ނޯޓް: މިނިސްޓްރީގެ ފަރާތުން ހުރުމާއި ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނީ ހަމައެކަނި ހަނިމާދޫ ނޫން އެހެން ރަށްރަށުން ވަޑައިގަންނަވާ ފަރާތްތަކަށް)

 

ޝަރުތު:

-          އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

-          އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

-          6 މަސްދުވަހުގެ މުއްދަތަށް ރަށުން ބޭރުގައި ހޭދަކުރެވޭނެ ބޭފުޅަކަށްވުން

-          ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށްގޮސް ރަށުގެ ދަނޑުވެރިންނަށް ނަމޫނާ ދެއްކުން

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

-          އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓްއިން ލިބިލައްވާނެ)

-          ތައުލީމީ ސެޓިފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

 

ސުންގަޑި: 18 މާޗް 2018 ގެ 14:00ގެ ކުރިން

05 މާރިޗު 2018