ދިވެހިރާއްޖެ
ނަންބަރު: IUL)292-PR/292/2018/10)
އިޢުލާން
ނ.މިލަދޫ ކައުންސިލްގެ އިދާރާގެ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 22 ފެބުރުވަރީ 2018 ވަނަ ދުވަހު މި އިދާރާއިން ކުރި އިޢުލާނާގުޅިގެން ބޭއްވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އެކަށީގެންވާވަރަށް މީހުން ޙާޟިރުވެފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާ އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 12 މާރޗް 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންނަށް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު އަދި ބޭނުންވާ އެންމެހާ ލިޔުންތައް ހުށައަޅުއްވަންވާނީ، ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ގެ އިތުރުން "ނ.މިލަދޫ ކައުންސިލްގެ އިދާރާގެ މަރާމާތު މަސައްކަތްތައްކުރުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ، އަންދާސީ ހިސާބު ހުށައެޅުއްވި ފަރާތްތަކުގެ ހާޒިރުގައި، ދެންނެވިފައިވާ ގަޑީގައެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު އެސްޓިމޭޓް ހުށައަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް އެސްޓިމޭޓް ހުށައަޅާފަރާތުގެ އައިޑީކާޑު ކޮޕީއާއެކު ސިޓީއެއް ހުށައަޅަންވާނެއެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
17 ޖުމާދަލްއާޚިރާ 1439
05 މާރިޗު 2018