ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2018/16
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 08 މާރިޗު 2018 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލްއަށް ބަދަލު ގެނައުން

މިސެންޓަރުގެ ނަންބަރު (IUL)177-A2/1/2018/11  އިޢުލާން އަށް ޙަވާލާދީ ދަންނަވަމެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މިއަހަރު ބައިވެރިވުމުގެ ފުރުޞަތު 28 ފެބްރުއަރީ 2018 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައެވެ.

އެހެންނަމަވެސް އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުޞޫލް އަށް ބަދަލުތަކެއް އައުމާއި ގުޅިގެން އެކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މިމުބާރާތުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އުޞޫލްތައް މިސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް www.nca.gov.mv އިން ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 އަށް ގުޅުއްވުން އެދެމެވެ.

 

 

 

"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" ގެ އުޞޫލް

 

  1. 1.      މުބާރާތުގެ މަޤްސަދު

މިމުބާރާތުގެ މަޤްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމެވެ.

 

  1. 2.      މުބާރާތް ރާވާ ފަރާތާއި ދުވަސްވަރު

މިމުބަރާތް ހިންގާ ފަރާތަކީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އެވެ. މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ދައްކަން ފަށާނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައެވެ.

 

  1. 3.      މުބާރާތުގައި ބައިވެރިވެވޭ ގޮތް

މުބާރާތުގައި ބައިވެރިވެވޭނީ، ޖަދުވަލް 1 ގައިވާ ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ހުށަހެޅުމުންނެވެ.

 
 
 
 

 

 

 

 

  1. 4.      މުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާ އާއި ބެހޭ

4.1 ޓެލެޑްރާމާގެ ދިގުމިން

ޓެލެޑްރާމާގެ ދިގުމިނަކަށް ވާންވާނީ މަދުވެގެން 45 މިނެޓެވެ. އަދި ދިގުވެގެން 50 މިނެޓެވެ.

4.2 ބަސް

ޓެލެޑްރާމާ ހުށަހަޅައިދޭންވާނީ ދިވެހިބަހުންނެވެ.

4.3 ތީމް / މިންގަނޑު

ޓެލެޑްރާމާގެ ތީމް، ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި، ޚިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާންވާނެއެވެ. މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާގެ ކޮންޓެންޓް ގާނޫނު ނަންބަރު 2010/16 (ބްރޮޑްކާސްޓްކުރުމުގެ ގާނޫނު) ބަޔާންކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ "ކޯޑް އޮފް ޕްރެކްޓިސް" އާއި ހިލާފުވެގެން ނުވާނެއެވެ. އަދި ކުރިއަށްދާ ޝަރުއީ އެއްވެސް މައްސަލައަކާއި ގުޅޭގޮތުން ތީމް ކަނޑައަޅައިގެން ނުވާނެއެވެ.

 

4.4 މުބާރާތުގައި ބައިވެރިވުން

މިމުބާރާތް ބާއްވާނީ މަދުވެގެން 5 (ފަހެއް) އޮފީސް ބައިވެރިވާނަމައެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި އަމިއްލަ މުވައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެހެންނަމަވެސް އެން.ސީ.އޭ އަދި އެން.ސީ.އޭގެ ދަށުން ހިނގާ އެއްވެސް އޮފީހަކަށް މިމުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

4.5 ޓެލެޑްރާމާގެ ބައިވެރިން

އެއޮފީހަކުން ހުށަހަޅާ ޓެލެޑްރާމާއެއްގައި ބައިވެރިވާ ފަރާތްތަކަކީ، އެތަނެއްގެ ފުލްޓައިމް ނުވަތަ ޕާޓް ޓައިމް މުވައްޒަފުންކަމުގައި ވާންވާނެއެވެ. އަދި އެއޮފީހަކުން ފިލްމީ ދާއިރާގައި އަމަލީގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް ބައިވެރިކުރާއިރު އެފަރާތެއްވެސް ވާންވާނީ އެ އޮފީހެއްގައި ފުލްޓައިމް ނުވަތަ ޕާޓް ޓައިމް ވަޒީފާ އަދާކުރާ މުވައްޒަފެއްކަމުގައެވެ. ޑްރާމާގެ ވާހަކަ އޮންނަ ގޮތުން ކުޑަކުދިންގެ މަންޒަރު ހިމަނަންޖެހިއްޖެ ހާލަތެއްގައި ކުޑަކުއްޖަކު ބައިވެރި ކުރެވިދާނެއެވެ. ނަމަވެސް ކުޑަކުއްޖާ އަދާކުރާ ރޯލަކީ ޑްރާމާގެ %25 (ފަންސަވީސް ޕަސެންޓް) އަށްވުރެ ބޮޑު ބައަކަށް ވެގެން ނުވާނެއެވެ. މިޤަވައިދުގައި ކުޑަކުދިންކަމަށް ބުނެފައިމިވަނީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނެވެ. އަދި މިފަދަ ރޯލްތަކަށް ޖަޖެއް ނުކުރާނެއެވެ. މީގެއިތުރުން ޖަޖްކުރެވޭ ރޯލެއް ފިޔަވައި އާއްމުން ތިބޭ ތަންތަނުގެ މަންޒަރުތައް ދެއްކުމުގެ ގޮތުން އާއްމުން ބޭނުންކުރެވިދާނެއެވެ.އަދި މުބާރާތުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް ނުވަތަ މަސައްކަތް ނިމި ނަތީޖާ ފާޅުކުރުމާއި ދޭތެރޭގައި ބައިވެރިވެފައިވާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިވެ، ވަކި ކުރެވި ނުވަތަ ބަންދެއްގައި ވާނަމަ އެކަން ލިޔުމުން މިސެންޓަރަށް އަންގަންވާނެއެވެ. މިމުބާރާތުގައި އޮފީސްތަކުން ބައިވެރިކުރުވާ މުވައްޒަފުންނަކީ މީގެ ކުރީގައި ފިލްމީ ދާއިރާގައި މަސައްކަތްކޮށް ނުވަތަ ފިލްމު ކުޅެ، ކުޅެމުންދާ ފަރާތެއްކަމުގައިވަނީ ނަމަ އެފަރާތަކީ މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް އެއޮފީހެއްގެ ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. (މިނޫން ގޮތަކަށް މިކަން އެން.ސީ.އޭ އަށް ސާބިތުކުރެވޭ ހެކި ލިބިއްޖެނަމަ އެއޮފީހެއްގެ ޑްރާމާ މުޅި މުބާރާތުން ބާތިލް ކުރެވޭނެއެވެ.)

4.6 ތައްޔާރުކުރުމުގެ މަސައްކަތް

04 އޭޕްރިލް 2018 ވާ ބުދަ ދުވަހުން ފެށިގެން 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން 60 (ފަސްދޮޅަސް) ސިކުންތައްވުރެ ދިގު ނޫން ޓްރެއިލަރއާއި، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ކްލެސިފައިކުރުމަށްފަހު ކްލެސިފިކޭޝަން ސެޓްފިކެޓް އަދި ބައިވެރިންގެ މަޢުލޫމާތު ފޯމާއެކު ބައިވެރިކުރާ ޑްރާމާ އެން.ސީ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

 

4.7 ހުށަހެޅޭ ޓެލެޑްރާމާގެ އަދަދާއި އަސްލު

ކޮންމެ އޮފީހަކުން މިމުބާރާތަށް ހުށަހެޅޭނީ 1 (އެކެއް) ޓެލެޑްރާމާއެވެ. އެޓެލެޑްރާމާ ވާންވާނީ އެހެން އެއްވެސް މުބާރާތަކަށް ހުށަނާޅާ އަދި އާއްމުކޮށްފައިނުވާ ޓެލެޑްރާމާއަކަށެވެ. މީގެ އިތުރުން އެޑްރާމާއެއްގެ ޕްލޮޓްގެ މައިގަނޑު އާއްމުކޮށްފައިވާ އެހެން އެއްވެސް އުފެއްދުމަކާއި އެއްގޮތްވެގެން ނުވާނެއެވެ. އަދި ޑްރާމާ ހުށަހަޅަން ކަނޑައަޅާފައިވާ ސުންގަޑީގައި ފުރިހަމަކޮށްފައިވާ ޑްރާމާ އާއިއެކު 60 (ފަސްދޮޅަސް) ސިކުންތައްވުރެ ދިގު ނޫން ޓްރެއިލަރއެއް ހުށަހަޅަންވާނެއެވެ.

 

 

 

4.8 ޑްރާމާ އުފެއްދުން

ޑްރާމާ އުފެއްދުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ ބައިވެރިވާ އޮފީހަކުންނެވެ.

 

4.9 ވަނަހޮވުން

ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށެވެ. މީގެ އިތުރުން "ވިއުވަރސް ޗޮއިސް" މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމް.އެސް ލިބޭ ފަރާތަކަށެވެ. އަދި "ވިއުވަރސް ޗޮއިސް" ގެ އެސް.އެމް.އެސް އެއްކަމުގައި ބަލާނީ އެން.ސީ.އޭ އިން ދޭ ގޮތަށް އިބާރާތް ކުރެވޭ އެސް.އެމް.އެސްތައް އެކަންޏެވެ.

 

 

 

 

 

 

 

4.10 ހޮވާ ވަނަތަކާއި އިނާމްތައް

#

ވަނަ

އިނާމް

1

އެންމެ މޮޅު ޑްރާމާ

ޓްރޮފީ އަދި -/50000 ރުފިޔާގެ ފައިސާގެ އިނާމު

2

އެންމެ މޮޅު އެކްޓަރ (އަންހެން)

ޓްރޮފީ އަދި -/15000 ރުފިޔާގެ ފައިސާގެ އިނާމު

3

އެންމެ މޮޅު އެކްޓަރ (ފިރިހެން)

ޓްރޮފީ އަދި -/15000 ރުފިޔާގެ ފައިސާގެ އިނާމު

4

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން)

ޓްރޮފީ އަދި -/10000 ރުފިޔާގެ ފައިސާގެ އިނާމު

5

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން)

ޓްރޮފީ އަދި -/10000 ރުފިޔާގެ ފައިސާގެ އިނާމު

6

އެންމެ މޮޅު ނިއު ކަމަރ (އަންހެން)

ޓްރޮފީ އަދި -/5000 ރުފިޔާގެ ފައިސާގެ އިނާމު

7

އެންމެ މޮޅު ނިއު ކަމަރ (ފިރިހެން)

ޓްރޮފީ އަދި -/5000 ރުފިޔާގެ ފައިސާގެ އިނާމު

8

ވިއުވަރސް ޗޮއިސް (އެންމެ މޮޅު ޑްރާމާ)

ޓްރޮފީ

9

ވިއުވަރސް ޗޮއިސް އެންމެ މޮޅު އެކްޓަރ (އަންހެން)

ޓްރޮފީ

10

ވިއުވަރސް ޗޮއިސް އެންމެ މޮޅު އެކްޓަރ (ފިރިހެން)

ޓްރޮފީ

11

އެންމެ މޮޅު ޑައިރެކްޓަރ

ޓްރޮފީ

12

އެންމެ މޮޅު ސްކްރީންޕްލޭ

ޓްރޮފީ

13

އެންމެ މޮޅު ސިނަމެޓޮގްރަފާރ

ޓްރޮފީ

14

އެންމެ މޮޅު އެޑިޓަރ

ޓްރޮފީ

 

4.11 ފަނޑިޔާރުން

ފަނޑިޔާރުކަން ކުރާނީ މިމުބާރާތުގެ ފަނޑިޔާރުކަން ކުރަން އިޢުލާން ކުރުމަށްފަހު އެން.ސީ.އޭ އިން އެކުލަވާލެވޭ 5 ފަނޑިޔާރުންގެ ޓީމަކުންނެވެ. ނަމަވެސް ފަނޑިޔާރުން މާކްސްދޭނީ ޓީމް އުޞޫލުން އެންމެންގެ ޚިޔާލު އެއްކޮށްގެނެއް ނޫނެވެ. ކޮންމެ ފަނޑިޔާރަކުވެސް ވަކިން އެމީހަކު އިންސާފުކުރާ ގޮތަކަށެވެ. އަދި ހުށަހަޅާފައިވާ ހުރިހާ ޑްރާމާއަކަށް ފުރިހަމައަށް މާކްސް ދޭންވާނެއެވެ. ބައިވެރިކުރާ އޮފީހެއްގެ މުވައްޒަފަކު ނުވަތަ ޑްރާމާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތެއް ފަނޑިޔާރެއްގެ ގޮތުގައި ވެގެންނުވާނެއެވެ. އަދި ޖަޖުންގެ މަސައްކަތް ނިންމުމާއެކު އެން.ސީ.އޭ އިން ކަނޑައަޅާ 2 ފަރާތެއްގެ ހާޒިރުގައި ހުރިހާ ޖަޖުން އެކުލެވޭގޮތަށް ބައްދަލުވުމެއް ބާއްވާ ޖަޖުންގެ މަސައްކަތް ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކުރަންވާނެއެވެ.

 

 

4.12 މުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާގެ ހައްޤުތައް

މިމުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާތަކުގެ ޕަބްލިކް ޕާރފޯމަންސް ރައިޓްސް އާއި ކޮމާޝަލް ރައިޓްސް ލިބޭނީ އެން.ސީ.އޭ އަދި ޑްރާމާ ބައިވެރިކުރާ އޮފީހަކަށެވެ. އަދި ވިޔަފާރީގެ ގޮތުން ބޭނުންކުރާނަމަ އެކަން އެން.ސީ.އޭ އަށް އަންގަންވާނެއެވެ. މިމުބާރާތައް ހުށަހެޅޭ ހުރިހާ ޓެލެޑްރާމާއެއް ބޭނުންކުރުމުގެ ހައްގު އެން.ސީ.އޭ އަށް ލިބޭނެއެވެ.

 

  1. 5.      ބަދަލެއް ގެނައުން

އެން.ސީ.އޭ އަށް ހުށަހަޅާފައިވާ އެއްވެސް މަޢުލޫމާތަކަށް، ޑްރާމާގެ ނަން ނުވަތަ ޑްރާމާއަށް ވިޔަސް ބަދަލެއް އައިސްފިނަމަ އެކަން އެން.ސީ.އޭ އަށް ލިޔުމުން އަންގަންވާނެއެވެ. އެފަދަކަމެއް ނާންގާ އޮތުމުގެ ސަބަބުން ދިމާވާ އެއްވެސް މައްސަލައަކަށް އެން.ސީ.އޭ އިން ޒިންމާއެއް ނުނަގާނެއެވެ.

 

  1. 6.      އުސޫލް އާއި ހިލާފުވުން

މިމުބާރާތުގެ އުސޫލާއި ހިލާފުވެއްޖެނަމަ މުބާރާތުން އެޑްރާމާއެއް ވަކިކުރެވޭނެއެވެ. މީގެއިތުރުން ވަނައެއް ލިބޭ ފަހުން ޤަވައިދާ ހިލާފުވެފައިވާކަން އެން.ސީ.އޭ އަށް ސާބިތުވެއްޖެ ހިނދެއްގައި އެވަނައެއް އެފަރާތަކުން އަނބުރާ އަތުލެވޭނެއެވެ. އަދި އެފަރާތަކަށް މިމުބާރާތުގައި ބައިވެރިވެވޭނީ 05 (ފަހެއް) އަހަރު ފަހުންނެވެ. މިކަމާއި ގުޅޭ ގޮތުން އެފަރާތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ޒިންމާއެއް ނުވާނެއެވެ.

 

މިއުސޫލްގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލުކުރާނީ އެން.ސީ.އޭ އިން އެކުލަވާލާ 5 (ފަހެއް) މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި މިކޮމިޓީން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ.

 

  1. 7.      އުޞޫލް އަށް އަމަލުކުރަން ފެށުން

 

މި އުސޫލްއަށް އަމަލުކުރަން ފަށާނީ 05 މާރިޗު 2018 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިއުޞޫލް ކޮންމެ 2 (ދޭއް) އަހަރުން އެއްއަހަރު ރިވިއު ކުރަން ވާނެއެވެ.

 
 
 
 

 

 

 

 

 

 

 

 

 

 

މުބާރާތުގެ ޓައިމްލައިން

ތާރީޚް

ތަފްޞީލް

25 ފެބްރުއަރީ 2018

އިއުލާންކުރުން

08 މާރިޗު 2017

ފޯމް ހުށަހަޅަންޖެހޭ ސުންގަޑި (އެދުވަހުގެ 13:30 ގެ ކުރިން)

12 މާރިޗު 2017

އޮފީސްތަކަށް މަޢުލޫމާތު ދިނުމާއި ގުރުއަތުލުން

29 މާރިޗު 2017

ޑްރާމާގެ ސްކްރިޕްޓް ހުށަހެޅުން (އެދުވަހުގެ 13:30 ގެ ކުރިން)

03 އޭޕްރިލް 2017

އެން.ސީ.އޭގެ ފަރާތުން ސްކްރިޕްޓް އެޕްރޫވްކުރުން

04 އޭޕްރިލް 2017

ޕްރޮޑަކްޝަން ފެށުން

10 މެއި 2017

ޓެލެޑްރާމާތައް 60 ސުކުންތަށްވުރެ ދިގު ނޫން ޓްރެއިލަރ އަދި ކްލެސިފިކޭޝަން ސެޓްފިކެޓާއި، ޑްރާމާގެ ބައިވެރިންގެ މަޢުލޫމާތު ފޯމް ހުށަހެޅުން (އެދުވަހުގެ 13:30 ގެ ކުރިން)

 

 
 
 
 

 

 

 

 

 

 

05 މާރިޗު 2018