ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH/NAH/2018/06
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 13 މާރިޗު 2018 14:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.މާޅެންދޫ ސިއްހީމަރުކަޒުގެ މަސައްކަތު މަޤާމަށް މުވައްޒަފަކު ހޯދުމަށް

މަޤާމް :މަސައްކަތު/ ނ.މާޅެންދޫ ސިއްހީމަރުކަޒު
ބޭނުންވާ އަދަދު :1

ނ.މާޅެންދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

J-253463

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލިސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ޑިވިޜަން/ސެކްޝަން

އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަން

މަޤާމްއޮތް އޮފީސް

ނ.މާޅެންދޫ ސިއްޙީމަރުކަޒު

ވަޒީފާއަދާކުރަންޖެހޭތަން

ނ.މާޅެންދޫ ސިއްޙީމަރުކަޒު

މުސާރަ

-/3100 ރުފިޔާ

ސާރވިސްއެލަވަންސް

-/1000 ރުފިޔާ

އިތުރު  އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތީން މަސައްކަތު ނުކުންނަކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1. ޞިއްޙީމަރުކަޒުގެ އެތެރެއާއި، ބޭރު ކުނިކަހާ ސާފުކޮށްބެލެހެއްޓުން.

2. މަރުކަޒުގައި ބޭނުންކުރާ ފެންވަޅު ދިޔަހިއްކައި، ސާފުކޮށް ބެލެހެއްޓުން.

3. މަރުކަޒުގެ ފުރާޅާއި، ދިޔަދޮވި، ފެންތާނގީ ސާފުކޮށް ބަލަހައްޓައި ތާނގީތަކަށް ފެން ނެގުމާބެހޭ އެންމެހާ މަސައްކަތްތައްކުރުން.

4. މަރުކަޒުން އެކިތަންތަނަށް ފޮނުވާ ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކުރުމާއި، ނައްތާލަންޖެހޭ ލިޔުންތައް ރައްކާތެރިގޮތުގައި ނައްތާލުން.

5. މަރުކަޒުން ހިންގާ އެކިއެކި ހެލްތް ޕްރޮމޯޝަން ހަރަކާތް ތަކުގައި ބައިވެރިވުން.

6. މުވައްޒަފަކު ޗުއްޓީ ނަގައިފިނަމައެމުވައްޒަފު ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރުން.

7. މީގެއިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމްގެ ޝަރުޠުތައް

 

1 - ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

ވަޒީފާއަށް އެދޭފޯމް ނ.މާޅެންދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 13 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ނ.މާޅެންދޫ ސިއްޙީމަރުކަޒަށެވެ.އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 18 މާރޗް 2018 އާއި 28 މާރޗް 2018 އާދެމެދު ނ.މާޅެންދޫ ސިއްޙީމަރުކަޒުގައެވެ.މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

 

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

%25

އިތުރުމަޢުލޫމާތު

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037ނުވަތަ 6560604 ނަންބަރު ފޯނާއެވެ. 

05 މާރިޗު 2018