މަސައްކަތް
ނަންބަރު: (IUL) 438/438/2018/75
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 20 މާރިޗު 2018 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޮމްޕްލީޝަން އިވެލުއޭޝަން ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާލެ، ދިވެހިރާއްޖެ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރާންޓް ނަންބަރ: TF019383

ނަންބަރIUL) 438/438/2018/75) 

ތާރީޙް05 މާރިޗު 2018

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ކޮމްޕްލީޝަން އިވެލުއޭޝަން ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކާއި ގުޅިގެން ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން ޕްރޮޖެކްޓް ކޮމްޕްލީޝަން އިވެލުއޭޝަން ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިމިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ޑިޒައިން އަދި އިމްޕްލިމަންޓޭޝަން މަސައްކަތާއި ބެހޭ ގޮތުން ދިރާސާ ކުރުމަށްފަހު އިވެލުއޭޝަން ރިޕޯޓްއެއް ތައްޔާރުކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  1. ގުޅުންހުރިދާއިރާއެއްގައި ހިންގުމުގެ ތަޖުރިބާ ހުރުމާއި އިމްޕެކްޓް އެސެސްމަންޓް ހަދައިރިޕޯޓްތައްޔާރު ކުރުމުގެ ގާބިލުކަން ލިބިފައިވުން
  2. ކުދި އަދި ކުރިއަރަމުންދާ ގައުމެއްގެ ޕްރޮޖެކްޓް ޕާފޮމަންސް، މޮނިޓަރިންގް އަދި އިވެލުއޭޝަން ރިޕޯޓް ތައްޔާރުކުމުގެ ތަޖުރިބާ ލިބިފައިވުން، ޑޭޓާ ދިރާސާކުރުމަށާއި، ޕީ.އާރ.އޭ ޓެކްނީކްސް އަދި ބެނެފިޝަރީ ސާރވޭ ހެދުމުގެ ތަޖުރިބާ ލިބިފައިވުން.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) ހަފްތާއެވެ. އަދި މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗު 2018 ގައެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރިޗު 20 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018412 960+

އީމެއިލް: [email protected]

05 މާރިޗު 2018