ދިވެހިރާއްޖެ
`
ރަސްގެތީމް ސްކޫލް
ރ.ރަސްގެތީމް ނަމްބަރު: GS121/IUL/2018/08
ތާރީޚު: 04 މާރިޗް 2018
އިޢުލާން
ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
2018 މާރިޗް 13 ވާ އަންގާރަ ދުވަހުގެ 13:30 އަށް |
މަޢުލޫމާތު ދިނުން |
2018 މާރިޗް 20 ވާ އަންގާރަ ދުވަހުގެ 13:30 އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ކުންފުންޏެއްގެ ފަރާތުން ފޮނުވާނަމަ ކުންފުނީގެ ލެޓަރ ހެޑްގައި ލިޔެފައިވާ ސިޓީއެއް ހުށަހަޅަންވާނެވެ. މައުލޫމާތު ބައްދަލުވުމުގެ ސެޝަނަން ޙާޟިރުވާނަމަ ކުންފުނި އަދި އާންމު ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިޔުމަކާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 މާރިޗް 2018