ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2018/11
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 12 މާރިޗު 2018 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :4

ވަޒީފާގެ ފުރުޞަތު                       

މަޤާމް

ސެކިއުރިޓީ އޮފިސަރ

އަސާސީ މުސާރަ

-/6400 ރ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

AS5

ބޭނުންވާ ޢަދަދު

04

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިން އެންޑް ކޯޕަރޭޓް އެފެއާޒް

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/83.33ރ ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ މުދަލާއި ވަޞީލަތްތަކާއި މުވައްޒަފުންނާއި މެހުމާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ އެންމެހާ ޢާންމު މަސައްކަތްތައް، ވެރިންނާއި ސްޕަވައިޒަރުން އަންގާގޮތެއްގެ މަތީން ޢަމަލީގޮތުން ކުރަމުން ގެންދިއުން.
  • ޤައުމުގެ މަސްލަޙަތަށާއި ޙާލަތަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، އެ ވަގުތަކަށް ބޭނުންވާ ސެކިއުރިޓީގެ ޚާއްޞަ މަސައްކަތްތައް، ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
  • ކުންފުނީގެ ސެކިއުރިޓީ ފޮލިސީ ތަންފީޒުކުރުމަށް ޢަމަލީގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުން.
  • ސްޕަވައިޒަރ އެ އިރެއްގައި ދޭ ލަފައާ އެއްގޮތަށް ސެކިއުރިޓީ ބެލެހެއްޓުމަކަށް އެހިނދަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި ޢަމަލީގޮތުން ތަންފީޒުކުރުން.
  • ސެކިއުރިޓީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ސްޕަވައިޒަރަށް ބޭނުންވާ ފަންނީ ލަފާ ލިބދިނުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޤައުމީ ސަލާމަތާބެހޭ މުއައްސަސާއެއްގައި މަސައްކަތްކޮށްފައިވުމާއެކު ރަނގަޅު ރެކޯޑެއް އޮތުން.
  • މަސައްކަތުގެ އަޚްލާޤްގެ ގޮތުން ރަނގަޅު ރެކޯރޑެއް އޮތުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 މާރިޗް 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        16 ޖުމާދަލްއާޚިރު 1439

04 މާރިޗު 2018